Andhun Husenge Corruption Mahsalaeh Neth: ACC
image
0 ކޮމެންޓް
 

އަނދުން ހުސައިންގެ ކޮރަޕްޝަން މައްސަލައެއް ނެތް: އޭސީސީ

އެމްޑީޕީގެ ޓިކެޓުގައި ހެންވޭރު ދެކުނު ދާއިރާއަށް ވާދަކުރައްވާ ހުސައިން ޝަރީފް، (އަނދުން ހުސައިން)ގެ ކޮރަޕްޝަންގެ މައްސަލައެއް ނެތް ކަމަށް އެންޓި ކޮރަޕްޝަން ކޮމިޝަން، އޭސީސީ އިން ނިންމައިފިއެވެ.
އެސީސީން އިސްނަގައިގެން ވަނީ އަނދުން ހުސެން ހިންގާފައިވާކަމަށް ތުހުމަތުކުރެވޭ ކަރަޕްޝަންގެ މައްސަލައެއް ތަހުގީގުކޮށްފައެވެ. އެސީސީން ތަހުގީގުކުރި މައްސަލައަކީ، އިންޑިއާގެ ބެންގަލޫރުގެ ޔުނިވަރސިޓީއަކުން އަދުން ހުސެން ކުރިމަތިލާ ދާއިރާގެ ބަޔަކަށް ސްކޮލަރޝިޕް ފުރުސަތުތަކެއް ހޯދައިން މައްސަލައެވެ. އޭސީސީން ބުނެފައިވަނީ އެކަން އޭނާ ކޮށްފައިވަނީ
އިލެކްޝަންސް ކޮމިޝަނުން، އީސީ އިން މަޖިލިސް އިންތިހާބަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލުމުގެ ކުރިން ކަމަށެވެ.

އެންތިހާބީ ކަރަޕްޝަނާއި ގުޅޭ މައްސަލަތައް ބެލުމަށް އޭސީސީން ވަނީ ހާއްސަ ތަހުގީގު ޓީމެއް އެކުލާވާލައިފައެވެ. މީގެ ކުރިން ވެސް ރައްޔިތުންގެ މަޖިލީހަށް ވާދަކުރައްވާ ބައެއް ބޭފުޅުންނާ އެ ކޮމިޝަނުން ވަނީ ސުވާލުކޮށްފައެވެ.


ހިޔާލު