Raajjeah kuri chuhty dhathuruge nimun varah hithaamaveri
image
އަވާ އާއި އޭނާގެ މައިންބަފައިން--
6 ކޮމެންޓް
 

ރާއްޖެއަށް ކުރި ޗުއްޓީ ދަތުރުގެ ނިމުން ވަރަށް ހިތާމަވެރި

އިނގިރޭސިވިލާތުގެ ދެމަފިރިއަކު އެމީހުންގެ ތިން އަހަރުގެ އަންހެން ދަރިފުޅާއެކު ރާއްޖެއަށް ކުރި ޗުއްޓީ ދަތުރެއް ނިންމާލާއި އެނބުރި ގައުމަށް ދިޔަ މަގުމަތީގައި ދަރިފުޅު ވަރަށް ބޮޑަށް ބަލިވެ އޭގެ މަސްތަކެއް ފަހުން މަރުވެ އާއިލާއަށް ފުން ހިތާމައެއް ކުރިމަތިވެއްޖެއެވެ.
މިދިޔަ އަހަރުގެ މާޗު މަހުގެ ތެރޭގައި ހިނގި އެހާދިސާ އިނގިރޭސިވިލާތުގެ މީޑިއާތަކުގެ ސަމާލުކަމަށް އައިސްފައި މިވަނީ އަވާ އަކާސް ނަމަކަށް ކިޔާ އެ ކުއްޖާ މަރުވުމާއި ގުޅިގެން އޭނާގެ މައިންބަފައިން، އެހީތެރިކަމަށް ބޭނުންވެފައިވާ ކުޑަކުދިންނަށްޓަކައި މިއަދު ކުރަމުންދާ މަސައްކަތުގެ ސަބަބުންނެވެ.

އަވާ--

އައިޓީ ފާމެއްގައި މަސައްކަތް ކުރަމުން އަންނަ ޕިލް އާއި ހެލީނާ، އެމީހުންގެ ދަރިފުޅު އަވާގެ ހަނދާނުގައި އެ މަސައްކަތް ކުރަމުންއަންނައިރު އެހިތާމަވެރި ހާދިސާއަށް އަހަރެއްވާން ގާތްވެފައި ވަނިކޮށް ޕިލް މިވަނީ އެހާދިސާ ކިޔައިދީފައެވެ. އަވާ ދުނިޔެ ދޫކޮށް ގޮސްފައި ވަނީ ރާއްޖޭގައި ޗުއްޓީ ހޭދަކުރުމަށް ފަހު އެނބުރި ގައުމަށް ދިއުމަށް އެއާޕޯޓުގައި ހުއްޓާ ފިޓު ޖެހިގެން ވަރަށް ބޮޑަށް ބަލިވެ އުޅުމަށް ފަހެވެ. އެގޮތުން މާލޭގެ ހޮސްޕިޓަލަކުން އަވާ ފަރުވާ ހޯދިއިރު އޭނާގެ ސިކުނޑިއަށް ވަރަށް ބޮޑަށް ގެއްލުންވެފައިވާ ކަމަށް ޑޮކްޓަރުން ބުންޏެވެ. ހަފުތާއެއްހާ ދުވަހު އެ ހޮސްޕިޓަލުގައި ފަރުވާ ދިނުމަށް ފަހު އިތުރު ފަރުވާއަށް ބެންކޮކަށް ދިޔައެވެ.

ބެންކޮކޮކުގައި ވެސް ތިން ވަރަކަށް ހަފުތާ ފަރުވާ ހޯދުމަށް ފަހު އެމީހުން އިނގިރޭސިވިލާތައް ކުއްޖާ ގޮވައިގެން ދިޔައެވެ. އެކަމަކު އެގައުމުގެ ޑޮކްޓަރުން ވެސް ވަނީ ކުއްޖާ ރަނގަޅު ނުވާނެ ކަމަށާއި އެކުއްޖާއަށް އަލުން އާދައިގެ ދިރިއުޅުމެއް ނޫޅެވޭނެ ކަމުގެ ހިތާމަވެރި ހަބަރު ވެސް މައިންބަފައިންނަށް ދީފައެވެ. ޖުލައި 29 ގައި އަވާ މަރުވީ ގޭއަށް ބަދަލުކޮށް ފަރުވާ ދެމުން ދަނިކޮށެވެ.

ރާއްޖެއަށް ކުރި އުފާވެރި ޗުއްޓީ ދަތުރަށް ފަހު އާއިލާއަށް ލިބިގެންދިޔަ ފުން ހިތަމާއާ ގުޅިގެން ކުޑަ ކުޑަ އަވާގެ ހަނދާނުގައި އޭނާގެ މައިންބަފައިން އަންނަނީ އެފަދަ ސިއްހީ މައްސަލަތައް ދިމާވެ އެކަމަކު މާލީ ހާލަތު ތަންނުދިނުމުގެ ސަބަބުން އެކަށީގެންވާ ފަރުވާ ނުހޯދޭ ކުދިންނަށް ފަރުވާ ހޯދުމަށް ހާއްސަ ފަންޑެއް އުފެއްދުމުގެ މަސައްކަތް ކުރަމުންނެވެ.
ހިޔާލު

ނައިބުތުއްތު

ނޫސްތަކަށް ލިޔާ ލިޔުންތެރިން މިހާރަކަށް އައިސް ފާހަގަކުރެވެނީ މުޖުތަމަޢު ފިތުނަ ފަސާދައިގެތެރޭގައި އަބަދު ގެންގުޅެން މަސައްކަތްކުރާ ބައެއްގެ ގޮތުގައި.

ކޮސްގޮވާމީހާ

ހެޑްލައިނާއި ހެދި ރުޅި އަންނަން މި ޖެހުނީ. ކިޔުންތެރިން ލިޔެފަހުރި ކޮމެންޓްތައް ހަމަ ރަނގަޅު.

ިޖިލޭބީ

ދަރިޔާ ދަތުރު ނިމުން ހިތާމަވެރިއްޔާ މާނަޔަކީ ދަތުރުގައި ދިމާވ ކަމަކުން ދަތުރު ހިތާމަވެރިވިއްޔޭ. އަދި އެކަމާ ގުޅިގެން ދަތުރު ކުރުކޮށްލީއޭ. ލިޔާ ހުރިހާ އެއްޗަކީ ޅެންވެރިޔާ ނޫނީ ލިޔުންތެރިޔާ ބަނޑުގަ އޮންނަ އެްޗެއް ނޫން. ހަމަތަކާއި މާނަތައް ފުރިހަމަ ވާންޖެހޭ.

މޯޑް

ހެޑްލައިން ލިޔަން ދަސްކޮށްބަލަ

ފާތުން

ދިވެހިން ފާސްނުވާ ކުދިންގެ ލިޔުމެއް. ސުރުހީ އަޅަން ދަސްކުރަމާ.

ދިވެހިން

މިގޮތަށް ހެޑްލައިން އޮތީމަ ވަރަށް ގޯސް ، ފުރަތަމަ ހެޑްލައިން ކިޔާލީމަ ހީވަނީ ރާއްޖޭގައި ޗުއްޓީ ހޭދަކުރުމުން ދިމާވި ކަމެއް ހެން.