Misrun Hamas aai Israel Sulhakohffi
image
ހަމާސް ޖަމާއަތުގެ ހަނގުރާމަވެރިން: ފޮޓޯ މިނާ ނިއުސް
0 ކޮމެންޓް
 

މިސްރުން ހަމާސްއާއި އިޒްރޭލު ސުލްހަކޮށްފި

މިސްރުން މެދުވެރިއެއްގެ ރޯލު އަދާކޮށްގެން ފަލަސްތީނުގެ ގައްޒާގައި ހަރަކާތްތެރިވާ ހަމާސް ޖަމާއަތާއި އިޒްރޭލާއި ދެމެދު ސުލްހައިގެ އެއްބަސް ވުމަކަށް އާދެވެއްޖެކަން ހަމާސް އިން އިއުލާނުކޮށްފިއެވެ.
ހަމާސް ޖަމާއަތުން މިހެން ބުނި ނަމަވެސް މިއަދު ހެނދުނުވެސް ގައްޒާގެ ތެރެއިން ބަޑިޖެހި އަޑު އިވުނުކަމަށް ރިޕޯޓުތައް ބުނެއެވެ.

"މިސްރުން ކުރި މަސައްކަތުން އިޒްރޭލާ ހަމާސްއާއި ދެމެދު ވަނީ ހަމަލާބަދަލުކުރުން ހުއްޓާލުމަށް އެއްބަސްވެވިފައި،" ހަމާސްގެ ތަރުޖަމާނު ފައުޒީ ބަރުހޮމް އިއުލާނުކުރިއެވެ. ނަމަވެސް މިކަމަށް އިޒްރޭލުން އަދި ބަހެއް ނުބުނެއެވެ.

އިޒްރޭލުން ރޭ ވަނީ ގާއްޒާގައި ހަމާސް ހަރަކާތްތެރިވާ ބައެއް ސަރަހައްދުތަކަށް ވައިގެ ހަމަލާތަކެއް ދީފައެވެ. އިޒްރޭލުން ހަމަލާދޭން ފަށާފައިވަނީ ފަލަސްތީނު ފަޅިން ދިން މިސައިލު ހަމަލާއެއްގައި އިޒްރޭލުގެ އާންމުންގެ ހަތް މީހަކު ޒަހަމްވުމާ ގުޅިގެން އެއަށް ރައްދު ދިނުމުގެ ގޮތުންނެވެ. އިޒްރޭލުން ރޭ ހަމަލާ ދޭން ފެށުމުން ހަމާސްގެ އިތުރުން ގައްޒާގައި ހަރަކާތްތެރިވާ ހަނގުރާމަވެރި ޖަމާއަތްތަކާއި ގުޅިގެން ރޭ ވަނީ އިޒްރޭލަށް ރޮކެޓު ހަމަލާތަކެއް ދީފައެވެ.


އިޒްރޭލުން ރޭ ހަމަލާ ދީފައިވަނީ ހަމާސް ޖަމާއަތުން ޓްރެއިނިންގައި ބޭނުންކުރާ އިމާރަތްތަކަކަށެވެ. އިޒްރޭލުގެ ހަމަލާތަކުގައި ފަލަސްތީނުގެ އެތައް ބަޔަކުވެސް ޒަހަމްވެފައިވާކަމަށް ފަލަސްތީނުގެ ސިއްހަތާބެހޭ ވުޒާރާއިން ބުނެއެވެ.
މިސްރު ހަމާސް
ހިޔާލު