Kuramathi resort ge falhu gai oih launch eh govaifi
image
އަލިފާން ރޯވި ލޯންޗު---ފޮޓޯ: ޕޮލިސްލައިފް.
0 ކޮމެންޓް
 

ކުރަމަތި ރިސޯޓުގެ ފަޅުގައި އޮތް ލޯންޗެއް ގޮވައިފި

އއ. ކުރަމަތި ރިސޯޓުގެ ފަޅުގައި އޮތް ލޯންޗެއް ގޮވައިފިއެވެ.
ފުލުހުން ބުނީ ކުރަމަތި ރިސޯޓުގެ ފަޅުތެރޭގައި އޮތް އެ ލޯންޗު ގޮވާފައިވަނީ އެލޯންޗު ސްޓާޓް ކުރުމުގެ ތެރޭގައި އެއްޗެއް ގޮވައިގެންނެވެ. އެގޮތުން އެ ލޯންޗުގައި ރޯވެ މިހާރު ވަނީ އެ ލޯންޗު އަޑިއަށް ގޮސްފައި ކަމަށްވެސް ފުލުހުން ވަނީ ބުނެފައެވެ.

އެހާދިސާ ފުލުހުނަށް ރިޕޯޓުކޮށްފައިވަނީ މިއަދު ހެނދުނު 07:48 ހާއިރު ކަމަށް ފުލުހުން ބުނެއެވެ. އަދި އެހާދިސާގައި ލޯންޗުގެ ކެޕްޓަނަށް ކުދި ކުދި އަނިޔާ ލިބިފައިވާ ކަމަށާއި އއ އަތޮޅު ހޮސްޕިޓަލުގައި ފަރުވާ ހޯދުމަށްފަހު މިހާރު އެމީހާ ވަނީ ދޫކޮށްލާފައިވާ ކަމަށް ވެސް ފުލުހުން ވަނީ ބުނެފައެވެ.

އެހާދިސާ ހިނގަން މެދުވެރި ސަބަބު މިހާރު ތަހުގީގު ކުރަމުން އަންނަ ކަމަށް ފުލުހުން ވަނީ ބުނެފައެވެ.
ހިޔާލު