Bezos ge phone hack kuree Saudi in
image
ބޭޒޯސް: ވޮޝިންޓަން ޕޯސްޓަކީ އޭނާގެ ނޫހެއް.-- ފޮޓޯ: ރޮއިޓާސް
0 ކޮމެންޓް
 

ބޭޒޯސްގެ ފޯނު ހެކް ކުރީ ސައުދީން

ދުނިޔޭގެ އެންމެ މުސްހަނދި ބިލިޔަނަރު އަދި އެމެޒޯންގެ ސީއީއޯ ޖެފް ބޭޒޯސްގެ ފޯނު ހެކް ކޮށް، ޒާތީ މައުލޫމާތުތައް ލީކް ކޮށްފައިވަނީ ސައުދީ އަރަބިއްޔާ އިން ކަމަށް ތުހުމަތު ކޮށްފި އެވެ.
ބޭޒޯސްގެ ފޯން ހެކް ކުރުމުގެ ފަހަތުގައި ވަނީ ސައުދީ ކަން ހާމަކޮށްފައިވަނީ އެ މައްސަލަ ތަހުގީގު ކުރުމަށް ހަރަކާތްތެރިވާ ޓީމުންނެވެ. އެ ޓީމުން ތުހުމަތުކުރަނީ ބޭޒޯސްގެ ފޯން ހެކް ކުރީ ތުރުކީގައި ހުންނަ ސައުދީ ކޮންސިއުލޭޓްގައި މަރާލި ނޫސްވެރިޔާ ޖަމާލް ޚަޝޯގީގެ މައްސަލަ އާ ގުޅިގެން ކަމަށް ކަމަށެވެ.

ޚަޝޯގީ އަކީ ވޮޝިންޓަން ޕޯސްޓުގައި، ސައުދީ އަރަބިއްޔާގެ ޝާހީ އާއިލާ އަށް ވަރަށް ބޮޑަށް ފާޑުކިޔަމުން ދިޔަ ނޫސްވެރިއެކެވެ. އޭނާ މަރާލި މައްސަލަގަނޑުގެ ތެރެއަށް ބޭޒޯސް ވަދެފައިވަނީ، ވޮޝިންޓަން ޕޯސްޓާ ހަމައިންނެވެ؛ އެ ނޫހަކީ ބޭޒޯސްގެ ނޫހެކެވެ.

ބޭޒޯސްގެ ފޯން ހެކްކުރި މައްސަލަ ބެލަން އުޅުނު ޓީމުން މިހާރު ވަނީ އެ ޓީމުގެ ހޯދުންތައް އެމެރިކާގެ ކަމާބެހޭ ފަރާތްތަކަށް ރަސްމީކޮށް ހުށަހަޅާފަ އެވެ. ނަމަވެސް ސައުދީ އާއި އެމެރިކާ އިން ވެސް އެކަމާ ގުޅޭގޮތުން މިހާތަނަށް އެއްވެސް އެއްޗެއް އަދި ނުބުނެ އެވެ.

ސައުދީން ބޭޒޯސްގެ ފޯނު ހެކް ކުރުމަށް ފަހު ވަގަށްނެގި ޒާތީ މައުލޫމާތުތައް ދީފައިވަނީ ނޭޝަނަލް އިންކުއަރާ ޓެބްލޮއިޑަށް ކަމަށް އެ މައްސަލަ ދިރާސާކުރި ޓީމުން ބުނެ އެވެ. އެގޮތުން މީގެ ކުރިން ބޭޒޯސް ވަނީ އެ ޓެބްލޮއިޑުން އޭނާ ބްލެކްމެއިލް ކުރަމުން އަންނަ ކަމަށް ބުނެފަ އެވެ.
ހިޔާލު