Maamigili ga tharahgeekuran ehbasvi, sih'hee hidhumath koba?
image
4 ކޮމެންޓް
 

މާލޭން މާމިގިއްޔަށް ބޭސްފަރުވާއަށް ދާން ޖެހޭނެކަމަށް ގާސިމް ވިދާޅުވިތާ ނުވަ އަހަރު!؟

މާލެއިން އދ. މާމިގިއްޔަށް ބޭސް ފަރުވާ ހޯދަން ޖެހޭ ފެންވަރުގެ ސިއްހީ ހިދުމަތްދޭ މަރުކަޒެއް އދ. މާމިގިލީގައި ބިނާ ކުރައްވާނެކަމަށް ގާސިމް އިބްރާހިމް ވިދާޅުވީ މީގެ ނުވަ އަހަރު ކުރިންނެވެ.
މާމިގިލީގައި އިންޓަނޭޝަނަލް އެއާޕޯޓެއް ތަރައްގީ ކުރުމުގެ ހުއްދަ ވިލާ ޝިޕިން އެންޑް ޓްރޭޑިން ކޮމްޕެނީ ޕްރައިވެޓް ލިމިޓެޑަށް ދީފައިވަނީ މާމިގިލީގެ ތަރައްގީއަށް ބައެއް ކަންކަން ކޮށް ދިނުމަށް ކަމަށްވާއިރު އޭގެ ތެރެއިން އެއްކަމަކީ އެ ރަށުގައި އެކަށީގެންވާ ފެންވަރުގެ ސިއްހީ ހިދުމަތް ދެވޭނެ މަރުކަޒެއް ބިނާކޮށް ހިންގުމެވެ.

މި އެއްބަސް ވުމާ ގުޅިގެން މާމިގިލީ ރައްޔިތުންނާއި ބައްދަލުކުރައްވައި ގާސިމް އިބްރާހިމް ވިދާޅުވެފައިވަނީ، "މާތްﷲ ގެ ވާގުފުޅާއެކު މާ ލަހެއް ފަހެއް ނުވެ މިރަށުގައި ސިއްހީ ހިދުމަތް ހޯދުމަށް މާލޭން މިރަށަށް އަންނާނެވަރުގެ ހެލްތު ފެސިލިޓީއެއް އިމާރާތްކޮށް އެތަނުން ހިދުމަތް ލިބޭނެގޮތް ހަދާނަން،" ކަމަށެވެ. އަދި އެ ހޮސްޕިޓަލު ނުވަތަ ހެލްތް ފެސިލިޓީގެ ބޭނުން ހިފަން މުޅި ރާއްޖެއިން މީހުން އަންނާނެކަމަށް ވެސް ގާސިމް ވިދާޅުވިއެވެ.

ރާއްޖޭގެ ބައެއް މީޑިއާތަކަށް 2011 ވަނަ އަހަރު ދިން އިންޓަވިއުތަކުގައި ވެސް ރާއްޖޭގައި މިހާތަނަށް އަޅާ އެންމެ ފެންވަރުމަތީ ހޮސްޕިޓަލް އަންނަ އަހަރު މާމިގިލީގައި އަޅާނެ ކަމަށް ވިލާ ހޮޓެލްސްގެ ޗެއާމަން ގާސިމް އިބްރާހިމް ވިދާޅުވި" ކަމަށް ރިޕޯޓުކޮށްފައިވެއެވެ.



އޭރު ވެސް ރައްޔިތުންގެ މަޖިލީހުގެ މާމިގިލީ ދާއިރާގެ މެންބަރުކަން ކުރެއްވި ގާސިމް ވިދާޅުވެފައިވަނީ މާމިގިލީގައި ވަރުގަދަ ހޮސްޕިޓަލެއް އަޅަން ނިންމެވީ މާމިގިއްޔާއި އެ ސަރަހައްދު ތަރައްގީވެގެންދާ އިރު އެ ތަރައްގީއާ އެއްފެންވަރުގެ ސިއްހީ ހިދުމަތެއް ސަރަހައްދާށާއި މުޅި ރާއްޖެ އަށް ފޯރުކޮށްދިނުމުގެ ގޮތުން ކަމަށެވެ.

"މާމިގިލީގައި ހޮސްޕިޓަލެއް އަޅަން އަޅުގަނޑު ނިންމާފައި ވަނީ އެ ހޮސްޕިޓަކީ މާލޭގައި ހުރި ހޮސްޕިޓަލްތަކަށް ވުރެ މަތީ ފެންވަރުގައި ފަރުވާދެވޭ ހޮސްޕިޓަލެއްގެ ގޮތުގައި،" ގާސިމް ވިދާޅުވި އެވެ. "އައިޖީއެމްއެޗަށް ވުރެ ރަނގަޅު ފެންވަރުގައި، އެއަށް ވުރެ ރިލައިބަލް ޑޮކްޓަރުން ތިބެގެން ހިންގާ ހޮސްޕިޓަލެއް މާމިގިލީގައި އަޅާނީ، ހުރިހާ ގޮތަކުން ވެސް މާލެއަށް ވުރެ ފެންވަރު ރަނގަޅުވާނެ،" ގާސިމް އޭރު ވިދާޅުވެފައިވެއެވެ.

މީގެ ނުވަ އަހަރު ކުރިން ގާސިމް ވިދާޅުވީ ހޮސްޕިޓަލުގެ ހިދުމަތްތައް ފަށާނީ ވެސް މަދުވެގެން 100 ނޫނީ 150 ވަރަކަށް އެނދާ އެކު ކަމަށާއި އެ ހޮސްޕިޓަލުގައި ހިދުމަތް ވެގެންދާނީ ރާއްޖޭގައި އެންމެ މަތީ ފެންވަރުގެ ސިއްހީ ހިދުމަތްދޭ ހޮސްޕިޓަލަކަށް ކަމަށެވެ. އަދި ވިދާޅުވީ ހޮސްޕިޓަލު ހިންގާނީ ޔޫރަޕްގެ ކުންފުންޏަކާ ގުޅިގެން ކަމަށެވެ.

"ހޮސްޕިޓަލުގެ މަސައްކަތް މިއޮތީ މިއަންނަ އަހަރަށް، މި ދެންނެވި ހޮސްޕިޓަލުގެ މަސައްކަތް މިހާރު ބިން ވެސް އޮންނާނީ ބަލާފައި. އެކަމަށް އެކަށީގެންވާ ޖާގައާ އެކު. ފަށައިގަންނަ އިރު ވެސް އައިޖީއެމްޗަށް ވުރެ ފެންވަރު ރަނގަޅުވާނެ ކަން ކަށަވަރު." 2011 ވަނަ އަހަރު ރާއްޖޭގެ މީޑިއާއަތަކުން ގާސިމް މިހެން ވިދާޅުވިކަމަށް ދިވެހި މީޑިއާތަކުގައި ރިޕޯޓުކޮށްފައިވެއެވެ.

ނަމަވެސް އަދިވެސް އެ ވިދާޅުވާ "ހެލްތު ފެސިލިޓީ" މާމިގިލީގައި ވިލާ ކުންފުނީގެ ފަރާތުން އަޅާފައެއް ނުވެއެވެ. އެރަށު ސިއްހީ މަރުކަޒު ހިންގަނީ ސަރުކާރުން ކަމަށް އެރަށު ކައުންސިލުން ބުނެއެވެ. އަދި އެރަށުގައި ސިއްހީ މަރުކަޒު ފިޔަވައި ސިއްހީ ހިދުމަތްދޭ އިތުރު ތަނެއް މިވަގުތަކު ނެތްކަމަށް އެ އިދާރާއިން ބުނެއެވެ.

މާމިގިލީގައި އެކަށީގެންވާ ފެންވަރެއްގެ ސިއްޙީ ހިދުމަތްދޭ މަރުކަޒެއް ބިނާ ކުރުމަށް އެއްބަސް ވެފައިވާކަން ތިރީގައިވާ ސިޓީން ވެސް ހާމަވެއެވެ.



މާމިގިލީގައި ޒަމާނީ ފެންވަރު ސިއްހީ ހިދުމަތްތައް އަދިވެސް ލިބޭކަށް ނުހުރެއެވެ. އަދި ގިނަ ފަހަރު ބޭސް ފަރުވާއަށް އެރަށު މީހުން އަދިވެސް އަންނަން ޖެހެނީ މާލެއަށެވެ. ނުވަތަ ދަނީ ރާއްޖެއިން ބޭރަށެވެ.
ހިޔާލު

ސޭޓު އަންހެނުން ފިރިމީހާ

ސޭޓަކީ ގައުމުގެ ހަލާކު. މިކަމާ ދެބަސްވާނެ އެއްވެސް ދިވެހި ރައްޔިތެއް މިގައުމުގައި ނޫޅޭނެ.

ކޮލެޖު ބޯއި

ދެން ހުރީ ޖާބިރު. ކާށިދޫ

މާމިގިލި ބެއްޔާ

ކަލޯ މި ގާސިމަކާ ހެދި އުޅެވޭކަން ނެތް.މީނާގެ އުނދަގުލުން ސަލާމަތްނުވެވިގެން މިއުޅެނީ. ގާސިމަށް ހީވަނީ މާމިގިިއްޔަކީ ގާސިމުގެ ތަރިކަ މުދާގަނޑެއްހެން. ކީއްކުރާނީ ތަނަވަސްކަމެއް ދެއްވިޔަސް ހެޔޮގޮތުގައި ބޭނުންކުރާކަން ވެސް ނޭނގޭ

ގައުމު

ކަލޯ ކީއްކުރާނީ. މިފެންނަނީ ކަނޑާފައި ހުރި ފޮނި