Komolika Role in Hina Noon thariaku Nufennaane
image
ހީނާ ހާން--
0 ކޮމެންޓް
 

ކޯމޮލިކާގެ ރޯލުން ހީނާ ނޫން ތަރިއަކު ނުފެންނާނެ

ސްޓާ ޕްލަސް އިން ދައްކަމުން އަންނަ މަޝްހޫރު ޝޯ "ކަސޯޓީ ޒިންދަގީ ކޭ" ގައި ކޯމޮލިކާގެ ރޯލުން ބޮޑު މަގުބޫލުކަމެއް ހޯދަމުން އަންނަ ހީނާ ހާންގެ ބަދަލުގައި އެހެން ތަރިއަކު އެ ރޯލަށް ނަގަން ޝޯގެ އުފެއްދުންތެރިން މަސައްކަތް ކުރާ ކަމަށް ފެތުރޭ ހަބަރު އެ ޝޯގެ ޕްރޮޑިއުސަރު އެކްތާ ކަޕޫރު ދޮގުކޮށްފިއެވެ.
ހީނާ އާއި އެކްތާ އަދި ޓީވީ ތަރި ކަރިޝްމާ ތަންނާ އާއި ކްރިސްޓަލް ޑީ ސޫޒާ ފެނިގެންދާ ވީޑިއޯއެއް އިންސްޓަގްރާމު މެދުވެރިކޮށް ހީނާ ހިއްސާކޮށްފައިވާއިރު އެ ވީޑިއޯގައި އެކްތާ ވަނީ އޭނާއަކީ އެ ޝޯގައި ފެނިގެންދާނެ ހަމައެކަނި ކޯމޮލިކާ ކަމަށް ބުނެފައެވެ.

ކުރިން ބައެއް ނޫސްތަކުން އަޑު ފެތުރި ގޮތުގައި ކޯމޮލިކާގެ ރޯލަށް، ޔޭ ހޭ މޮހައްބަތޭއިންގައި ޝަގުންގެ ރޯލުން ފެނިގެންދާ އަނީތާ ހަސަންއާންދާނީ ނުވަތަ އިޝްގް މެއިން މަރްޖާވާންގެ ތަރި އާލިޝާ ޕަންވަރު، އަދި އޭކް ހަޒާރޯން މޭ މޭރީ ބެހެނާ ހޭގައި ޖިވީކާގެ ރޯލުން ފެނިގެންދިޔަ ކްރިސްޓަލް ޑި ސޫޒާ ގެ ތެރެއިން ކޮންމެސް އެއް ތަރިއެއް ނެގުމަށް ވަނީ މަސައްކަތް ކޮށްފައެވެ.

ދެހާސް އެއްވަނަ އަހަރު އެންމެ ފުރަތަމަ ކަސޯޓީ ދައްކަން ފެށިއިރު އެޝޯގައި ކޯމޮލިކާގެ ރޯލުން ފެނުނީ، އުރްވަޝީ ދޮލާކިއާއެވެ. ކަސޯޓީގެ ދެވަނަ ބައިގައި ކޯމޮލިކާގެ ރޯލަށް ހީނާ ނެގުމާއެކު ވެސް އުރްވަޝީ ފަދައިން ކޯމޮލިކާގެ ރޯލު ކުޅެލެވޭނެތޯ ގިނަ ބަޔަކު ސުވާލު އުފެއްދިއެވެ. އެކަމަކު ޝޯ ފެށުންތާ މިހާރު ދުވަސްތަކެއް ވެފައިވާއިރު ހީނާގެ އެކްޓިން ގިނަ ބަޔަކު ވަނީ ކަމުގޮސްފައެވެ.

ހީނާއަށް މަގުބޫލުކަން ލިބުނީ "ޔޭ ރިޝްތާ ކިޔާ ކެހެލާތާ ހޭ" ގައި މަސައްކަތް ކޮށްގެންނެވެ. އޭގެ ފަހުން "ބިގް ބޮސް" އާއި "ނަޗް ބަލިޔޭ" ގައި ވެސް ހީނާ މަސައްކަތް ކުރިއެވެ.
ހިޔާލު