Mi Aharaky Fathuruverikamah Fahi Ahareh
image
ފަތުރުވެރިންތަކެއް ރިސޯޓެއްގެ ފާލަން މަތީގައި: ފޮޓޯ ކޯޕަރޭޓް މޯލްޑިވިސް
0 ކޮމެންޓް
 

ޖެނުއަރީ މަހުން ފެށިގެން ފަތުރުވެރިކަން އަންނަނީ ރަނގަޅުވަމުން

މިއަހަރު ފެށުނީއްސުރެ ދިވެހިރާއްޖޭގެ ފަތުރުވެރިކަން ރަނގަޅުވަމުން އަންކަމަށް ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދު ވިދާޅުވެއްޖެއެވެ.
މިއަދު ޓޫރިޒަމް މިނިސްޓްރީގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްވަމުން، އަލީވަހީދު ވިދާޅުވީ، މިއަހަރުގެ ޖެނުއަރީ މަހު ޓޫރިޒަމަށް 6.5 ޕަސެންޓުގެ ކުރިއެރުމެއް ލިބިފައިވާ ކަމަށެވެ. މާޗު މަހު 22 ޕަސެންޓުގެ ކުރިއެރުމެއް ލިބިފައިވާކަމަށެވެ. މިއީ މިދިޔަ އަހަރާ އަޅާބަލާއިރު 15 ޕަސެންޓުގެ ކުރިއެރުމެއްކަމަށެވެ.

ޓޫރިޒަމް މިނިސްޓްރީގެ އަމާޒަކީ މިއަހަރު 1.5 މިލިއަން ފަތުރުވެރިން ރާއްޖެގެނައުމެވެ. މިހާތަނަށް ރާއްޖެއަށްވަނީ ގާތްގަނޑަކަށް ބައި މިލިއަން ފަތުރުވެރިން އައިސްފައެވެ."ރާއްޖޭގެ އިގުތިސާދުގެ 70 އިންސައްތަ ބަރޯސާ ވަނީ ފަތުރުވެރިކަމަށް. ޖެނުއަރީ ފެބުރުއަރީ އަދި މާރިޗު މި ތިންމަސް އެއްކޮށް 482978 (ހަތަރުލައްކަ އަށްޑިހަ ދެހާސް ނުވަސަތޭކަ ހަތްދިހަ އަށެއް) ފަތުރުވެރިން ރާއްޖެއަށް ޒިޔާރަތް ކޮށްފައިވޭ. ރައީސް އިބްރާހިމް މުހަމަދު ސޯލިހު ކަނޑައަޅުއްވާ ޓާގެޓް 1.5 މިލިއަން މިހާރު އަޅުގަނޑުމެންގެ ފޯކާސްޓް ތަކުން ބްރޭކް ކުރެވޭނެކަން މިވަނީ ކަށަވަރު ވެގެން ގޮސްފައި،" އަންގާރަ ދުވަހު ޓޫރިޒަމް މިނިސްޓްރީން ބޭއްވި ޕްރެސް ކޮންފަރެންސްގައި އަލީ ވަހީދު ވިދާޅުވިއެވެ.ރާއްޖެ އަށް ފަތުރުޔވެރިން އެންމެ ގިނައިން އަންނަނީ ޗައިނާ، އިޓަލީ، ޖާރުމަނަވިލާތް އަދި އިންޑިއާ ހިމެނެއެވެ.

ރާއްޖެއަށް އިންޑިއާ ފަތުރުވެރިން ގިނައިން އަންނަން ފަށާފައިވަނީ އިންޑިއާ އާއި ދެމެދު އޮތް އެކުވެރިކަން ބަދަހިވަމުން އަންނާތީކަމަށް އަލީވަހީދު ވިދާޅުވެއެވެ.

މިއަހަރުގެ ފެބުރުއަރީމަހުގެ ތެރޭގައި ކަލްޗަރަލް ޓޫރިޒަމް އިސްތިހާރު ކުރަން މިނިސްޓަރު އަލީ ވަހީދު އިންޑިއާއަށް ވަޑައިގަތެވެ. އެއީ ޓައިމްސް އޮފް އިންޑިއާގެ ދައުވަތަކަށް ކުރެއްވި ދަތުރުފުޅެކެވެ.

ރާއްޖޭގެ ގެސްޓްހައުސް ތަކަށް މާކެޓް ކުރުމުގެ ހުނަރުތައް ދަސްކޮށްދިނުމަށް ސިލްސިލާކޮށް ތަމްރީން ތަކެއް ވަނީ މީގެ މަހެއް ކުރިން ފަށާފައެވެ.

މޯލްޑިވްސް މާކެޓިން އެންޑް ޕީއާރު ކޯޕަރޭޝަން (އެމްއެމްޕީއާރުސީ) އިން ދިވެހި ކުންފުންޏެއް ކަމަށްވާ މޯލްޑިވްސް ގެޓަވޭސްއާ ހަވާލުކޮށްގެން ކުރިއަށް ގެންދާ ތަމްރީން ޕްރޮގްރާމް ފުރަތަމަ ފަށާފައިވަނީ އއ. އުކުޅަހުގަ އެވެ.

ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ 100 ދުވަހުގެ ވައުދުގެ ތެރޭގައި ހިމެނޭ، ގެސްޓްހައުސް މާކެޓިން ސެމިނާތައް ބޭއްވުމަށް ބާއްވާފައިވަނީ 19 މާޗް އިން 20 މެއިގެ ނިޔަލަށް އއ. ތޮއްޑޫ އާއި އއ. އުކުޅަސް އަދި ކ. މާފުއްޓާއި ވ. ތިނަދޫގެ އިތުރުން ބ. ދަރަވަންދޫ އާއި އދ. ދިގުރަށް އަދި އައްޑޫ ސިޓީ އާއި ތ. އަތޮޅުގެ އިތުރުން ހުޅުމާލޭގަ އެވެ.

ޓޫރިޒަމް މިނިސްޓްރީގެ ތަފާސް ހިސާބުތައް ދައްކާ ގޮތުގައި މިހާރު މުޅިރާއްޖޭގައި 521 ގެސްޓްހައުސް ހިންގަމުންދެ އެވެ.

ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވެރިކަމަށް ވަޑައިގަތް ފަހުން މިވީ ދުވަސްކޮޅުގެ ތެރޭގައި 10 ރިސޯޓާއި 40 ގެސްޓްހައުސްއަށް ލައިސަންސް ދޫކޮށްފައިވާ ކަމަށް ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދު ވަނީ އަންގާރަ ދުވަހު ވިދާޅުވެފައެވެ.
ހިޔާލު