Caru Gohvaalaigen BJP ge Majilis Membereh Maraalaifi
image
ފޮޓޯ ޑެއިލީ ހަންޓު: ހަމަލާގައި މަރުވި ބިހިމާ މަންޑަވީ، 41
0 ކޮމެންޓް
 

އިންޑިއާގެ އާންމު އިންތިހާބު ކައިރިވެފައިވަނިކޮށް ދިން ބޮމުގެ ހަމަލާއެއްދީ ބީޖޭޕީގެ މަޖިލީސް މެމްބަރެއް މަރާލައިފި

އިންޑިއާގެ އާންމު އިންތިހާބު ކައިރިވެފައިވަނިކޮށް ދިން ކާރު ބޮމުގެ ހަމަލާއެއްގައި ބީޖޭޕީގެ މަޖިލީސް މެމްބަރެއް މަރައިލައިފިއެވެ.
މިހަމަލާ ދީފައިމިވަނީ އިންޑިއާގެ އާންމު އިންތިހާބު ފަށަން ދެ ދުވަހަށް ވެފައިވަނިކޮށް އަންގާރަ ދުވަހުއެވެ.

މި ހަމަލާގައި ބިޖޭޕީގެ މަޖިލީސް މެމްބަރުއް ކަމަށްވާ ބިހިމާ މަންޑަވީގެ އިތުރުން އިންޑިއާ ސިފައިންގެ ހަތަރު މީހުން ވަނީ މަރުވެފައިއެވެ. ހަމަލާ ދީފާއިވަނީ ދުއްވާފައި ދިޔަ ކާރު ގޮއްވާލައިގެންނެވެ.

މިހަމަލާ ދީފައިވަނީ ކެމްޕޭނު އިވެންޓެއް ނިންމުމައްފަހު ވަޑައިގަތް މަގުމަތީގައި ނަކުލްނަރު ސަހަރުންނެވެ. އެ ސަރަހައްދަކީ އިންޑިއާގެ ކޮމިއުނިސްޓު ޕާޓީގެ ހަނގުރާމަވެރި ގޮތްޕެއްކަމަށްވާ، "މައޮއިސްޓު" ޖަމާއަތް ހަަރަކާތްތެރިވާ ސަރަހައްދެކެވެ. އެ ސަހަރުގެ އެތެރެއިން ދަތުރުކުރުމުގެ ކުރިން އެ ސަރަހައްދުން ދަތުރުކުރުމަކީ ރައްކާތެރިކަމެއް ނޫންކަން ފުލުހުން ބީޖޭޕީގެ މަޖިލީސް މެމްބަރަށް އަންގާފައިވާނޭކަމަށް އިންޑިއާ ފުލުހުން ވަނީ ބުނެފައެވެ.


"މައޮއިސްޓު" ޖަމާއަތުން ވަނީ އެމީހުން ހަރަކާތްތެރިވަ ފަސް ސަހަރެއްގި އިންތިހާބު ބޮއިކޮޓުކުރުމަށް ވެސް ގޮވާލާފައެވެ.

މި ހާދިސާއާއި ގުޅިގެން އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯޑީވެސް ވަނީ ތައުޒިޔާ ވިދާޅުވެފައެވެ.


މި ހަމަލާއަށްފަހު އިންޑިއާގެ ވެރިކަމުގައި އޮތް ބީޖޭޕީން ވަނީ ހަމަލާ ދިން ސަރަހައްދުގެ އިންތިހާބު ފަސް ކުރުމަށް އެދިފައެވެ. އެހެން ނަމަވެސް އިންޑިއާގެ އިލެކްޝަންސް ކޮމިޝަނުން ވަނީ އެކަމާ ދެކޮޅުހަދައި، އެ ސަރަހައްދުގައި އިތުރުރައް ސެކިއުރިޓީ ވަރުގަދަކޮށް އިންތިހާބު ތާވަލް ކޮށްފައިވާ ގޮތައް ބާއްވާނެކަމަށް ބުނެފައެވެ.
ޓެރަރިޒަމް
ހިޔާލު