Siddhant ai Megha ge kaiveni nimumakah aetha?
image
މެގްހާ އާއި ސިދާންތު---
0 ކޮމެންޓް
 

ސިދާންތު އާއި މެގްހާގެ ކައިވެނި ނިމުމަކަށް އައީތަ؟

ޓީީވީ އެކްޓަރު ސިދާންތު ކާރްނިކް އާއި އޭނާގެ އަންހެންނުން އަދި ޓީވީ އެކްޓަރެސް މެގްހާ ގުޕްތާގެ ކައިވެނީގެ ގުޅުން ނިމުމަކަށް އައިސްފައިވާ ކަމަށް އިންޑިއާގެ ނޫސްތަކުން ބުނެފިއެވެ.
ސިދާންތު އާއި މެގްހާ ކައިވެނިކޮށްފައިވަނީ 2016 ވަނަ އަހަރު ވަރަށް ސިއްރިއްޔާތުގައެވެ. ނަމަވެސް އެދެފަންނާނުން ވަނީ 2017 ވަނަ އަހަރު ކައިވެނީގެ ހަފްލާ އަކާއެކު ދެވަނަ ފަހަރަށް ކައިވެނިކޮށްފައެވެ.

އެޖޯޑަށް ގިނަ ބަޔަކު ލޯބިކުރަމުން އައިި އިރު ސޯޝަލް މީޑިއާގައި ދެފަންނާނުން ވެސް ދިޔައީ އެކުގައި ނަގާފައިވާ ގިނަ ފޮޓޯތައް ހިއްސާކުރަމުންނެވެ. ނަމަވެސް އެދެމީހުންގެ ސޯޝަލް މީޑިއާ އެކައުންޓުން އެކުގައި ނަގާ ފޮޓޯއެއް މިދިޔަ ޑިސެމްބަރު މަހުން ފެށިގެން ނުލާއިރު އެދެމީހުން ވަނީ އެކަކު އަނެކަކު އިންސްޓަގުރާމުން އަން ފޮލޯ ވެސް ކޮށްފައެވެ.

އެކަމާ ގުޅިގެން އެދެފަންނާނުންގެ ގުޅުން ނިމުމަކަށް އައިސްފައިވާ ކަމަށް ގިނަ ބަޔަކު ބުނާއިރު އެކަމާ ގުޅިގެން ދެފަންނާނުން ވެސް އަދި އެއްޗެއް ބުނެފައެއް ނުވެއެވެ.

ސިދާންތު މަސައްކަތްކޮށްފައިވާ ބައެއް ޝޯތަކުގެ ތެރޭގައި "އެކް ތަ ރާޖާ، އެކްތި ރާނީ" އާއި "ގުސްތާގް ދިލް" އަދި "ޔޭ ހޭ އާޝިގީ" ހިމެނެއެވެ. މެގްހާ ފެނިގެންދިޔަ ބައެއް ޝޯތަކުގެ ތެރޭގައި "ޕިޔާރް ތޫނޭ ކިޔާ ކިޔާ" އާއި "ޑްރީމް ގާލް" އާއި "މަމްތާ" އަދި އަޔުޝްމަން ބަވަ" ހިމެނެއެވެ.
ހިޔާލު