Qanoonu asaasy aaeku jehunu "loabeege goh"
image
ޖާބިރުގެ ދެމަފިރިކަނބަލުން: ފޮޓޯ ޝޯޝަލް މީޑިއާ
4 ކޮމެންޓް
 

ގާނޫނު އަސާސީއާއެކު ޖެހުނު "ލޯބީގެ ގޮށް"

އަބްދުﷲ ޖާބިރާއި ދިޔާނާ ސައީދުގެ ލޯބީގެ ގުޅުން ފެށިގެން އައީ މިއަދު ދިވެހިން މި ބޯލަނބާ ފެހި ގާނޫނުއަސާސީ އެކުލަވާލި ދުވަސްވަރެވެ.
ދިޔާނާއާއި ޖާބިރުގެ ލޯބީގެ ގުޅުން ފެށިގެން އައިގޮތް ޖާބިރު ހާމަ ކުރައްވަމުން ވިދާޅުވެފައިވަނީ އެންމެ ފުރަތަމަ ދިޔާނާ ބައްދަލުވީ އައު ގާނޫނު އަސާސީ އެކުލަވާލުމުގެ މަސައްކަތް ކުރި ދުވަސްވަރު ރައްޔިތުންގެ މަޖިލީހުގެ ތެރެއިންކަމަށެވެ. އޭރު ޖާބިރަކީ ރައްޔިތުން މަޖިލީހުގެ ގއ.އަތޮޅު މެންބަރެވެ. ދިޔާނާ އަދާ ކުރައްވަމުން ގެންދިޔައީ ރައީސުލް ޖުމްހޫރިއްޔާގެ ހާއްސަ މެމްބަރުކަމެވެ.

ޖާބިރުގެ ހިތް ދިޔާނާ އަތުލެއްވީ މަޖިލީހުގެ ޕޯޑިއަމްތަކުގައި ދިޔާނާ ވާހަކަދައްކަވާލެއް، ސާދާކަމާ ހުނަވެރިކަމުންނެވެ. ދިޔާނާގެ ލޫޅާފަތިކަމާ، ތޫނު ދެލޯ ފެނި ޖާބިރަށް ކެތް ނުކުރެވުނީއެވެ. ދިޔާނާ ފެނިވަޑައިގަތުމުން އޭނާ އަކީ ކޮންމެހެން ވެސް ވާހަކަ ދައްކަންޖެހޭ ބޭފުޅެއްކަމަށް ޖާބިރު ނިންމެވިއެވެ. ނަމަވެސް ދިޔާނާ "އޯޕަން" ކުރެވުނީ ވަރަށް އުނދަގުލުންކަމަށް ޖާބިރު ވިދާޅުވެއެވެ.

ދިޔާނާގެ އަރިހުން ކައިވެނިކުރަން އެއްސެވީވެސް ޖާބިރެވެ. "އެއީއެއްނު ރާއްޖޭގެ ކަލްޗާއަކީ ވެސް. އަޅުގަނޑު އެހީ. އެއީތާ މީގެ ލޯތްބަކީ ވެސް" ދިޔާނާއަށް ޕްރޮޕޯސް ކުރެއްވި ގޮތް ކިޔާދެއްވަމުން ޖާބިރު ވިދާޅުވިއެވެ. ކައިވެނިކުރަން އެހުމުން ދިޔާނާ އެކަމަށް ދެކޮޅެއް ނުހައްދަވައެވެ. ނަމަވެސް "ވިސްނާލަން" ކުޑަ ދުވަސް ކޮޅެއް ނެގުމަށްފަހު ޖާބިރުގެ ހުށަހެޅުން ގަބޫލުކުރިއެވެ.



ދިޔާނާއާއި ޖާބިރުގެ ލޯބީގެ އެއް ހެއްކަކީ ރަނުގެ ގޮތުގައި ދިޔާނީ ވިދާޅުވި ކުޑައަދަދެވެ. އެ އަދަދަކީ ކޮބަކަން ޖާބިރަށް އެނގިނުލެއްވިއަސް، އެއީ "ވަރަށް ކުޑަކުޑަ އަދަދެއް" ކަމަށް ޖާބިރު ވިދާޅުވެއެވެ.

މިއަދުވެސް ދިޔަނާއާއި ޖާބިރު ލޯބީގެ ގޮތުން ގާނޫނުއަސާސީ ޑްރާފްޓުކުރައްވަމުން ޖެއްސެވި ގޮށް އެހާމެ ވަރުދަދައެވެ. އަދި އެ ގޮށުގެ މުސްތަގުބަލުވެސް އޮތީ ކުރިއަށެވެ.
ހިޔާލު

މަނާ

އެ ދާއިރާއިގަތިބީ ރުފިޔާއޭބުނާއިރައް މޮޔަވާމީހުން ރިސްވަތުގެ އަޅުން މީހަގީގަތަކީ ޖާބިރު އެދާއިރާ ނަޒާހަތްތެރި ވާނޭބުނެ އެކުރަނީ ރީތިބަހުން މަލާމާތް

ޖަމީލު

ތިއިބުނީ ޖާބިރަކީ ލަނޓައެކޭތަ ނޫނީ ދިޔާނާޔަކީ ވެސް އޭގެއެއްޗެކޭތަ

ހިލަބެ

ފުރަތަމަވެސް މަނިކުފާނު ތިޔަ ހޯއްދެވި ކާމިޔާބީއަށް މަރުޙަބާ ދައްނަވަން
ކެމްޕެއިން ކުރެއްވުމުގެ ހުނަރުވެރިކަން މަނިކުފާނުގެ އެބަހުރި މީޑިއާގައި ދެއްކެވި ވާހަކައިން ވަރަށްގިނަ ބައެއްގެ ސަމާލުކަން އަތުލައި އެދާއިރާގެ ލީޑުހޯއްދެވުމީ ހަމަ ފެންތައްޓެއް ބޯލުންފަދަ.
މަނިކުފާނުގެ ޒަވާޖީޙަޔާތަށް އާރޯކަމާއި ތާޒާކަން މިންވަރުކުރައްވާށި އާމީން

ބުނަމު

ލަނޑަޔާ ވާނީ ލަނޑަޔާއި...