Taimur ge Photo Paparazzeen maa varakah nagaathee Saif rulhi gadha vehje
image
ސައިފާއި ކަރީނާ އަދި ތައިމޫރް--
0 ކޮމެންޓް
 

ތައިމޫރުގެ ފޮޓޯ ޕަޕަރާޒީން މާވަރަކަށް ނަގާތީ ސައިފު ރުޅިގަދަވެއްޖެ

ބޮލީވުޑުގެ ތަރި ސައިފް އަލީ ހާން އާއި ކަރީނާ ކަޕޫރުގެ ކައިވެންޏަށް ލިބިފައިވާ ހަމައެކަނި ދަރިފުޅު ތައިމޫރަކީ މިވަގުތު ބޮލީވުޑުގައި ހުރި އެންމެ މަޝްހޫރު އެއް ސްޓާ ކިޑެވެ. ތައިމޫރުގެ ފަހަތުން އޭނާގެ ފޮޓޯ ނެގުމަށް ކޮންމެ ދުވަހަކު ޕަޕަރާޒީން އެތައް ވަގުތެއް ހޭދަކުރެއެވެ. އިއްޔެގެ ވަގުތެއްގައި ސައިފް އާއި ކަރީނާ، ތައިމޫރާއެކު މުމްބާއީ އެއާޕޯޓަށް ދިޔައިރު އެތަނުގައި ވެސް ފޮޓޯ ނަގަން ޕަޕަރާޒީން އެއްވެގެން ތިއްބެވެ. އެހެންވެ، ސައިފް މިވަނީ އޭނާގެ ރުޅިގަނޑު ބޭރުކޮށްލާފައެވެ.
އުމުރުން އެންމެ ދެ އަހަރުގެ ތައިމޫރުގެ ފޮޓޯ ނަގަން ފެށުމާއެކު ސައިފު ވަނީ ފޮޓޯ ނެގުން ހުއްޓާލުމަށާއި ދަރިފުޅު އަނދިރިވެދާނެ ކަމަށް ބުނެފައެވެ. ސައިފު އެހެން ބުނެފައިވަނީ ކެމެރާ އައްޔަކީ ކުޑަ ކުދިންގެ ލޮލަށް އެޅުން އެހާ ރަނގަޅު އެއްޗަކަށް ނުވާތީއެވެ.

ޕަޕަރާޒީން އިއްޔެ ވަނީ ސައިފާއި ކަރީނާ ކައިރީވެސް ފޮޓޯއަކަށް ހުއްޓުލުމަށް ބުނެފައެވެ. އެކަމަކު ސައިފް ވަނީ ފޮޓޯ ނަގަން ބޭނުމިއްޔާ ނެގުމަށާއި ފޮޓޯއަށް ހުއްޓި ހުރުން ކުޑަކޮށް "އަޖީބް" (އާދަޔާ ހިލާފު) ކަމަށް ބުނެފައެވެ.
View this post on Instagram

❤️❤️

A post shared by Taimur Ali Khan FC💙 (@taimurfc) on


މީގެ ކުރިން ވެސް ތައިމޫރުގެ ފޮޓޯ ގިނައިން ނަގާތީ ސައިފް ވަނީ ހިތް ހަމަނުޖެހުން ފާޅުކޮށްފައެވެ. އަދި ދަރިފުޅަށް އާދައިގެ ދިރިއުޅުމެއް ދޭން ބޭނުންވާ ކަމަށް ބުނެފައެވެ. ތައިމޫރުގެ މަގްބޫލުކަން އިންތިހާއަށް އިތުރުވެފައިވާއިރު އެކުއްޖާގެ ސިފަ ދައްކުވައިދޭނެހެން ބުދެއް ވެސް އުފައްދާ އެ އިންޑިއާގެ ބާޒާރުގައި އަންނަނީ ވިއްކަމުންނެވެ. އަދި ދާދިފަހުން ވަނީ ތައިމޫރުގެ ފޮޓޯޖެހި ކުކީސްތަކެއް ހަދާ ބާޒާރަށް ނެރެންވެސް ނެރިފަައެވެ.
ހިޔާލު