Naira car eh ganefi
image
ޝިވާންގީ---
2 ކޮމެންޓް
 

ނައިރާ ކާރެއް ގަނެފި

ސްޓާ ޕްލަސް އިން ދައްކަމުން އަންނަ މަޝްހޫރު ޑްރާމާ، ޔޭ ރިޝްތާ ކިޔާ ކެހެލާތާ ހޭގައި ނައިރާގެ ރޯލުން ފެނިގެންދާ ޝިވާންގީ ޖޯޝީ އާ ކާރެއް ގަނެފިއެވެ.
ޝިވާންގީ ގަނެފައިވަނީ "ޖަގުއާ" ބުރޭންޑުގެ ނޭވީ ބުލޫ (ގަދަ ނޫކުލަ) ގެ ކާރެކެވެ. އިންސްޓަގުރާމު މެދުވެރިކޮށް ޝިވާންގީ އެކާރު ދައްކާލާފައިވާއިރު އެއީ އޭނާ އަމިއްލަ އަށް ގަތް ކާރެއް ކަމަށް އިންޑިއާގެ ނޫސްތަކުން ވަނީ ބުނެފައެވެ.


އުމުރުން 20 އަހަރުގެ ޝިވާންގީ އަކީ ގިނަ ބައެއްގެ މަގުބޫލުކަން ހޯދާފައިވާ ފަންނާނެކެވެ. އޭނާ މީގެ ކުރިން ވެސް ވަނީ ގިނަ ޝޯތަކުގައި މަސައްކަތް ކޮށްފައެވެ. އޭގެ ތެރޭގައި "ކޭލްތީ ހޭ ޒިންދަގީ އާންކް މިޗޯލީ" އާއި "ބޭއިންތެހާ" އާއި "ލަވް ބައި ޗާންސް" އަދި "ޔޭ ހޭ އާޝިގީ" ހިމެނެއެވެ.

ޝިވާންގީ މިހާރު މަސައްކަތް ކުރަމުންދަނީ "ޔޭ ރިޝްތާ ކިޔާ ކެހްލާތާ ހޭ" އަދި "ޔޭ ރިޝްތޭ ހޭ ޕިޔާރް ކޭ" ގައެވެ. އެ ދެ ޝޯގައިވެސް އޭނާ ނައިރާގެ ރޯލުން ފެނިގެންދާއިރު "ކަލާކާރް އެވޯޑު" ޝޯގައި ޝިވާންޖީ އަށް ވަނީ އެންމެ މޮޅު އެކްޓަރެސްގެ އެވޯޑު ވެސް ލިބިފައެވެ.

ޔޭ ރިޝްތާ ކިޔާ ކެހްލާތާ ހޭ ފަށާފައިވަނީ 2009 ވަނަ އަހަރުއެވެ. އެ ޝޯއަށް ބޮޑު ތަރުހީބެއް ލިބިފައިވާއިރު އެޝޯގައި މީގެ ކުރިން ލީޑު ރޯލުން ފެނިގެންދިޔައީ ހީނާ ހާން (އަކްޝަރާ) އަދި ކަރަން މެހްރާ (ނޭތިކް) އެވެ. ނަމަވެސް މިހާރު އާ ޖެނަރޭޝަނާއެކު އެޝޯގައި ލީޑު ރޯލުން ފެނިގެންދަނީ ޝިވާންގީ (ނައިރާ) އަދި މޮހްސިން ހާން (ކާތިކް) އެވެ.
ހިޔާލު

ރަހުމަލް

ނައިރާ ނެއްތަ ކެއުމެއް ތިކަމުގެ އުފަލުގަ؟

އަޅޭ

އަޅޭ!! ނައީއީއީ އަންގާވެސް ނުލާ..މަށަށް މިރޭ ނުވެސް ނިދޭނެ ތިޔަ ކާރު ބަލާހިތުން..ދުއްވާލަން ލިބޭނެނަމަ... ދުވަހަކު މީހަކަށް ނުގަނެވޭކހަލަ އެއްޗެއްވިއްޔާ ތިޔަގަތީ ހަބަރުތަކުގެ ސުރުހީއަށް އަރާނި ލައްކަ ވަރުގަދަވީމަތާ