19 vana rayyithunge majileehuga hakuru boameehun thibun ekasheegenve: MP IB
image
ފޭދޫ ދާއިރާގެ މެމްބަރު އިބްރާހިމް ދީދީ (އައިބީ)، 19 ވަނަ މަޖިލީހަށް ފާޑު ވިދާޅުވިއިރު އައިބީ އެ މަޖިލީހަށް ނުހޮވޭ: ފައިލް ފޮޓޯ މަޖިލިސް އިދާރާ
ގުފްތަގު އަޖީރު
19 ކޮމެންޓް
 

ރައްޔިތުންގެ ނިންމުން ކަމުނޮގޮސް އައިބީގެ ފާޑުކިއުން: 19 ވަނަ މަޖިލީހުގައި ހަކުރުބޯ މީހުން ތިބެދާނެ

ކުރިއަށް އޮތް ރައްޔިތުންގެ މަޖިލީހަށް ހޮވާފައިވާ މެމްބަރުންނަކީ މަޖިލީހަށް ކުފޫ ހަމަނުވާ ބައެއްގެ ގޮތުގައި ސިފަކޮށް، ކުރިއަށް އޮތް ނަވާރަ ވަނަ ރައްޔިތުންގެ މަޖިލީހުގައި ތިބޭނީ "ހަކުރު ބޯ މީހުންނަށް" ވުމަކީ އެކަށީގެންވާ ކަމެއްކަމަށް ވިދާޅުވެ މަޖިލިސް އިންތިހާބުގައި ނާކާމިޔާބީއާ ކުރިމަތިލައްވައި ވަަޑައިގަތް ފޭދޫ ދާއިރާގެ މެމްބަރު އިބްރާހިމް ދީދީ (އައިބީ) ފާޑު ވިދާޅުވެއްޖެއެވެ.
މިއަދު ރައްޔިތުންގެ މަޖިލީހުގައި ރާއްޖޭގެ ބިން ބޭރު މީހުންނަށް ނުވިއްކޭގޮތަށް ހުށަހެޅި އިސްލާހަށް ވާހަކަ ދައްކަވަމުން އައިބީ ވިދާޅުވީ، ރައްޔިތިންގެ މަޖިލީހުގެ ގައުމީ ސަލާމަތު ކޮމެޓީގެ މުގައްރަރު މާފަންނު ދެކުނު ދާއިރާގެ ޕީޕީއެމް މެމްބަރު އަބްދުﷲ ރިފާއު (ބޮޗޭ) އަކީ ވަރަށް ބޮޑަށް "މަޖިލީހަށް ކުފޫ ހަމަވާ ބޭފުޅެއް" ކަމަށެވެ. ނަމަވެސް "މާދަމާ" ބޮޗޭގެ ގޮނޑިއަށް އަންނާނީ ކޮން ބޭފުޅޭއްކަން ނޭނގޭކަމަށެވެ.

ބޮޗޭ ވެސް ކުރިއަށް އޮތް ރައްޔިތުންގެ މަޖިލީހަކަށް ނުހޮވެއެވެ. ރައްޔިތުންގެ މަޖިލީހުގައި ބޮޗޭއާއި، އައިބީ ނިސްބަތްވާ ޕީޕީއެމް/ޕީއެންސީ އަށް ވަނީ ބޮޑު ނާކާމިޔާބީއަކާ ކުރިމަތިވެފައެވެ. ޕީޕީއެމަށް ލިބުނީ 5 ގޮނޑިއެވެ. ޕީއެންސީ އަށް ލިބުނީ 3 ގޮނޑިއެވެ.

"އަޅުގަނޑުމެންގެ އަމަލުތަކާ ކަންތައްތައް ހުންނަގޮތުން މި މަޖިލީސް ނަޒާހަތްތެރި ތަނަކަށް ހަދާވާހަކަ އަޅުގަނޑު މި ދަންނަވަނީ،. އިއްޒަތްތެރި ރައީސް މިއަދު މަޖިލިސް ނުފެށި ކިތައް މިނެޓު ދިޔަތޯ؟ އެކާވީސް މެމްބަރުން ނޫނީ ވިހި މެމްބަރުން މިތަނަށް ހަމަނުވެގެން އަޅުގަނޑުމެން މިއުޅެނީ. ކޮބާތޯ މެމްބަރުންގެ ނަސޯހަތްތެރިކަން؟ [ނަޒާހަތްތެރިކަން]،" އައިބީ ވިދާޅުވިއެވެ.

އައިބީ ވިދާޅުވީ އޭޕްރީލް ހަ ވަނަ ދުވަހު ރައްޔިތުން ނުކުމެ ހޮވި މެމްބަރުންނަކީ މި މަޖިލީހުން ދެން ފެންނާނެ ބައެއްކަންވެސް ނޭނގޭ ކަމަށެވެ.

"މިގޮތަށް ބަލައިގެންތޯއޭ ސިޔާސީ ބޭފުޅުން މަޖިލީހަށް ބޭފުޅުން ހޮވަން މި ދައްކަނީ؟ މީހުން އަތުގަ ހިފައިގެން މީހުން ދައްކަނީ؟ މަޖިލިސް ތެރެއިން ވެސް ކަންކަން ދާނީ އެންމެ ރަނގަޅަކަށް ނޫން، މާދަމާ ތިބޭނީ އަޅުގަނޑުމެން މި ދައްކާ އެންމެ ނުބައިކަންތައްތައް ގައުމުގަ ހިންގާ މީހުންކަމެއްވެސް ނޭގެ. ހުރިހާ ގޮނޑިތަކަށް އަރާ ތިބެދާނެ މިސާލަކަށް ހަކުރު ބޯ މީހުން ވެސް،" އައިބީ ވިދާޅުވިއެވެ.

ނަވާރަ ވަނަ މަޖިލީހުގައި ނެގި ވޯޓުން އައިބީ ބަލި ކުރެއްވީ އެމްޑީޕީގެ ފަރާތުން އެ ދާއިރާއަށް ވާދަކުރެއްވި މުހައްމަދު ނިހާދެވެ. ނިހާދަށް ވޯޓުލީ މީހުންގެ 52.92 ޕަސަންޓު ލިބި ވަޑައިގަތްއިރު، އައިބީއަށް ލިބިވަޑައިގަތީ 46.08 ޕަަސަންޓެވެ.
ހިޔާލު

ޞައްދާމު

ހަކުރުބޯ ބޮޑުކައްކާއިންނާއި، އަތްކަނޑާ ވަރުގެ ވަގުން މިފަހަރު އަރެމެން ނުހޮވަން!

ކަލް

ދެންފަހަރަކުން ހަކުރުކޮޅެއް ބޮއިގެން ކުރިމަތިލާ އޭރުން ތިބޭޅާވެސް ހޮވޭނެ.

ޢީސާފުޅު

ސަލަފް ޖަމްޢިއްޔާ އާއި މުއްސަދި ސޭޓުންތައްނިކުމެ، "ރަގަލު ފާހަގަ ރަގަޅު މީހާއަށް" ލައިދޭން އެދުނީމަ އެއޮތީ ރައްޔިތުންނަށް ރަގަޅު މީހާއަށް ފާހަގަލާ ހޮވާފަ.... ބޭކާރު އަނގަތެޅުމުގެ ބޭނުމެއްނެތް....

ކެޔޮޅު

18 ވަނަ މަޖިލީހުގަވެސް އިނގޭތޯ

އަހުމަދު

އައި ބީ ވަރަށް ހޮވަން ބޭނުން މީހެއް ތިޔައީ އެކަމަކު މިފަހަރު ފެއިލްވީ.. ދެން ހަކުރޭ ރިހާކުރޭ ވިދާޅުނުވެ ހަޖަމްކޮށްލައްވާ...

ހަކުރުބެ

ތިޔަ ކަހަލަ އާރުނުލާ ވާހަކަ ދައްކާތީ ކުފޫ ހަމަނުވަނީ ކަލޭވެސް. އެހެންވެ ރައްޔިތުން ކަލޭ މިފަހަރު ނުހޮވީ ވެސް.

އަލީރާޖާ

ރައްޔިތުން ނޫނެކޭ ބުނީމާ ދެން ހަޖަމްކޮށްގެން ގެއަށްދޭ. މާ ގިނަ ބޭކާރު ވާހަަކަ ނުދައްކާ. ކިހިނެއް ކަންކަން ކުރެވިގެންތޯ ވޯޓު ނުލިބުނީ ބަލާލިއްޔާ މާރަގަޅު ވާނެ.

ދޮޅުބެ

ހަނޑުލާ ފުށާ ކަދުރާ ޗޮކުލެޓާ ޑޮލަރާ ރުފިޔާ މިލިޔަނުން ފެންފޮދަކާ ނުލާ ދިރުވި ބަޔަކު ދެން ކިޔާނެ ނުހޮވުނީމަ ތިކަލަ ކިތަންމެ އެއްޗެއް ވެސް. އަދި ތިޔަބުނާ ބަޔަކަށް މަޖިލިސް ނުބާއްވައެއް ނޫންތަ؟

ކަންއޮތްގޮތް

ރައްޔިތުންގެ މަޞްލަޙަތު އެއްފަރާތްކޮށް އަމިއްލަމަޞްލަޙަތު އިސްކުރާތީވެ ރައްޔިތުން ތިއޮތީ ޢިއްޒަތްތެރިޔާއަށް ނޫނެކޭބުނެފަކަން ޤަބޫލުކުރުއްވަވާ!
ހަކުރުބޯނަމަ އެކުދިންނާއިމެދު ކަންކުރާނެގޮތް ރައްޔިތުންނަށް އެނގޭނެ، ހަދަންވާގޮތްވެސް ދަންނާނެ. އެކަމާ ފިކުރުނުކުރުއްވާ! އިރުއޮއްސުނީމައި، އޮއްސިއްޖެކަން ނުދަނެ، ތަޅާހުރިހައިއަނގައަކުން ހައްތަހައިވެސްވާނީ ބޭޒާރު! ވިސްނަވާ!

ޙަކުރު އަލިބެ

ދެން ބޭކާރު ވާހަކަ ނުދައްކާ ރައްޔިތުން ބޭނުންވީ އެގޮތް. އަލާ ފިލާނެ ދެން

Juhaa

ހަކުރުބޯ މީހުން ތިޔަ ތަނަށް ކުފޫ ހަމަވާނީ. އެމީހުންގެ ވެރިޔަކަށް ހުރީ "ބޯންވާނެ، ބޮވެންވާނެ" ޔޭ ބުނާ މީހާ. އެކަލޭގެއަށް ތަބާވެގެން ގައުމުގެ ގިނަ ބަޔަކު އުޅެނީ.

ގުއިއްޒު

މިސްޓރު އައިބީ. ގޭގަ އަރާމުކޮށްލައްވަން އިންނަވަން ވަގުތު ކޮޅެއް ނޫންތޯ ތި ލިބުނީ. ދެންވެސް މީހުންނާ ދިމާއަށް އައުގުރާނަ ނުގޮވާ އަގަމަޑުންލައިގެން އާއިލާ ގޮވައިގެން ހަލާލު މަސައްކަތެއް ފަށައިގެން ކުރިއަށް ވަޑައިގަންނަވާ.

ފައިން

ޔަގީން ހަކުރުބޯކަން އަހަރުމެންގެ މެންބަރު

މުހަންމަދު ކަލޯ

އަދިވެސް އޮލުވާލުމާއި މަކަރުވެރިކަމުގެ ދަންތުރަ. ޚިޔާނާތުގެ ވާހަކައާއި އެހެންގޮސް ބައިވަރު ވާހަކަ ދެއްކެން އެބަހުރި. ހަކުރު ބޯ މީހަކު ހުރިކަމެއް އިގޭނެ ހެއްކެއް އަދި ނެތް. ކޮންމެ އެއްޗެއްވެސް ބުނަންވީ ވެދާނެ ފެނިދާނެ ހުރެދާނެ ކިޔާފަ. މީ ހަގީގަތެއްނެތް ވާހަކަ ދައްކައިގެން ރައްޔިތުން ބޮލަށް ސަވާރުވާ ގޮތަކީ. އެހެން ނޫނީ އެކަމެއް ކުރާ މީހެއްގެ ވާހަކަ ސާބިތު ހެއްކާއެކު ބުނެވެންވާނެ.

ރައްޔިތުން

ކަލޭމެންނަށް ކުފޫހަމަވރގެންކޮއްދެވުމީކޮންކަމެއް ގައިމުވެސްމީހުންމޫނައްކުޅުޖަހާބަޔަކައްވޯޓްނުލިބުމީއުފަލެއް

ފޭދޫ އަލިބެ

ތިކަހަލަ ވަގުން އޮންނާނީ ބޭރުކޮށްފަ، ދެން ހަޖަމުކޮށްލާގެން ހުންނަންޖެހޭނީހަމަ. ހަކުރު ބޮޔޭ، ލޮނުބޮޔޭކިޔާނެ ކަމެއްނެތް

ބެލުން

މަޖިލިސްއަށް ކުރިމަތި ލެވޭނެ ތަޢްލީމީ ނިޒާމީ އޮނިގަނޑެއް ޤާއިމު ކުރަންޖެހޭ!

ޟުހަންމދ

އެއަށްވުރެ މާގޯސް ކަންކަން ކުރާ މީހުން ކުރިންވެސް އުޅުނު ކަމަށް ހީކުރެވޭ ކަމަށް ބުނެ ވާހަކަ ދެއްކިދާނެ. ސާބިތު ނުވަނީސް އެފަދަ ވާހަކައެއް ނުދެއްކޭނެ. ކޮންމެ ހާލަތެއްގަވެސް ރައްޔިތުންނިންމާނީ ރައްޔިތުން އެންމެ ބޭނުންވާ ގޮތް.

ޟުހަންމދ

އެއަށްވުރެ މާގޯސް ކަންކަން ކުރާ މީހުން ކުރިންވެސް އުޅުނު ކަމަށް ހީކުރެވޭ ކަމަށް ބުނެ ވާހަކަ ދެއްކިދާނެ. ސާބިތު ނުވަނީސް އެފަދަ ވާހަކައެއް ނުދެއްކޭނެ. ކޮންމެ ހާލަތެއްގަވެސް ރައްޔިތުންނިންމާނީ ރައްޔިތުން އެންމެ ބޭނުންވާ ގޮތް.