Roadha ah haassa night market anna budha fashanee
image
މީގެ ކުރިން ބޭއްވި ނައިޓްމާކެޓެއްގެ ތެރެއިން---
ފައުޒާ މުހައްމަދު
0 ކޮމެންޓް
 

ރޯދައަށް ހާއްސަ ނައިޓް މާކެޓް އަންނަ ބުދަ ދުވަހު ފަށަނީ

ރޯދައަށް ހާއްސަ ކޮށްގެން ބާއްވާ ނައިޓް މާކެޓް އަންނަ ބުދަ ދުވަހު ބޭއްވުމަަށް ނިންމައިފިއެވެ.
ނައިޓް މާކެޓް އިންތިޒާމްކުރާ ލިކަމެކް ޕްރައިވެޓް ލިމިޓެޑުން ބުނީ ރާއްޖޭގައި ބާއްވާ އެންމެ ބޮޑު އިންޑޯ ނައިޓް މާކެޓް ބޭއްވުމަށް ވާން ޖެހޭ އެންމެ ފަހުގެ ތައްޔާރީތައް މިހާރު ވެފައިވާ ކަމަށެވެ. އެގޮތުން އަންނަ ބުދަ ދުވަހުން ފެށިގެން މިމަހު 26 ގެ ނިޔަލަށް ދަރުބާރުގޭގައި ނައިޓް މާކެޓް ކުރިއަށް ދާނެ ކަމަށް ލިކަމެކުން ވަނީ ބުނެފައެވެ.

ނައިޓް މާކެޓް ހުޅުވުމަށް ހަމަޖެހިފައިވާ ގަޑިތަކަށް ބަލާއިރު އަންނަ ބުދަ ދުވަހު ނައިޓް މާކެޓް ހުޅުވުމަށް ހަމަޖެހިފައިވަނީ ހަވީރު 16:00 އިން އެރޭގެ 23:00 ޖަހަންދެންނެވެ. އަދި އަންނަ ބުރާސްފަތި (17 މާޗް) ދުވަހުން ފެށިގެން މިމަހު 25 ވަނަ ދުވަހު މެންދުރުފަހު 14:00 އިން ރޭގަނޑު 23:00 ނައިޓް މާކެޓް ހުޅުވާއިރު ނައިޓް މާކެޓް ބާއްވާ އެންމެ ފަހު ދުވަހު (26 މާޗް) މެންދުރުފަހު 14:00 އިން އެރޭގެ އިރުއޮއްސި 18:00 ހުޅުވާފައި ހުންނާނެ ކަމަށް ލިކަމެކުން ވަނީ ބުނެފައެވެ.

މި ނައިޓްމާކެޓަކީ ރާއްޖޭގައި މިހާތަނަށް ބާއްވާ އެންމެ ފުރިހަމަ ނައިޓް މާކެޓަށް ހެދުމަށް ގިނަ މަސައްކަތްތަކެއް ކުރަމުންދާ ކަމަށް ލިކަމެކުން ވަނީ ބުނެފައެވެ. ނައިޓުމާކެޓް ބޭއްވުމުގެ މަގުސަދަކީ، އާއްމުނަށް ހުރިހާ މުދަލެއް އެއް ތަނަކުން ހެޔޮ އަގެއްގައި ގަންނަން ލިބޭނޭ އިންތިޒާމު ހަމަޖައްސައިދިނުން ކަމަށް ވެސް ލިކަމެކުން މައުލޫމާތުދެއެވެ.
ނައިޓް މާކެޓް
ހިޔާލު