Majieehah audit report funyeh ohsaalaifi
image
ރައްޔިތުންގެ މަޖިލިސް: ފޮޓޯ މަޖިލިސް
ގުފްތަގު އަޖީރު
0 ކޮމެންޓް
 

މަޖިލީހަށް އޮޑިޓު "ރިޕޯޓު ފުންޏެއް" އޮއްސާލައިފި

ރައްޔިތުންގެ މަޖިލީހުގެ ތަޅުމަށް މިއަދުގެ ޖަލްސާއަށް 101 އޮޑިޓު ރިޕޯޓު ހުށަހަޅައިފައިވާއިރު، ބައެއް މެމްބަރުން އަންނަނީ ރިޕޯޓުތައް ދިރާސާ ކުރަން އެކަށީގެންވާ ވަގުތު ނުދޭކަމުގެ ޝަކުވާ ކުރަމުންނެވެ.
މަޖިލީހަށް މިއަދު ހުށަހަޅާފައިވާ 101 އޮޑިޓު ރިޕޯޓަކީ 2007 ވަނަ އަހަރުން ފެށިގެން 2013 ވަނަ އަހަރާ ހަމައަށް ނެރެފައިވާ އޮޑިޓު ރިޕޯޓުތަކެކެވެ.

މި ރިޕޯޓުތައް ހުށަހެޅުމާ ގުޅިގެން ރައްޔިތުންގެ މަޖިލީހުގެ މެދުހެންވޭރު ދާއިރާގެ މެންބަރު އަލީ އާޒިމް ވިދާޅުވީ، މަޖިލީހުގެ ގަވާއިދާ ގާނޫނު އަސާސީއާ އެއްގޮތަށް ކުރިއަށް ގެންދިއުމަށް އެދޭ ކަމަށެވެ.

"އަޅުގަނޑު ކެތް ނުކުރެވިގެން ނޫނީ އަޑުއަހަން އުނދަގޫވެގެން [މިވާހަކަ މި ދަންނަވަނީ]. މިހާ ބައިވަރު ރިޕޯޓުތަކެއް އެއްފަހަރާ ކުއްލިއަކަށް ގެނެސް މަޖިލީހުގެ ފްލޯއަށް ހުށަހެޅުމުން މިޖެހުނީ އަދި ދައުރުގެ މިހާފަހަތައް ގޮސް އޮއްވައި ހުށަހަޅަން މިޖެހުނީ ކޮންމެވެސް ނާޖާއިޒު ކަންތައްތަކެއް މީގެ ފަހަތުގައިވާނެ. ރައްޔިތުންނަށް ޖަވާބުދާރީވާން އިންނަ މީހެއްގެ ހައިސިއްޔަތުން މިތާންގަ މިރިޕޯޓުތަކަށް އެއްޗެއް ނުބުނެ އިނުމަކީ އަޅުގަނޑި ކޮށްގެންވާނެކަމެއް ނޫން،" އާޒިމް ވިދާޅުވިއެވެ.

އައްޑޫ މީދޫ ދާއިރާގެ ރައްޔިތުންގެ މަޖިލީހުގެ މެމްބަރު ރޮޒައިނާ އާދަމްވެސް ވިދާޅުވެފައިވަނީ، 2007 ވަނަ އަހަރުގެ އޮޑިޓް ރިޕޯޓުތައް މަޖިލީހަށް ހުށަހަޅާފައިވުމުން އެކަމާ ސުވާލު އުފައްދަވާފައެވެ. ރޮޒައިނާ ވެސް ވިދާޅުވީ، ގާނޫނީ ގޮތުން ފިޔަވަޅު ނޭޅޭހާ ދުވަސް ވެފައި ހުރި އޮޑިޓް ރިޕޯޓުތަކެއް ހުށަހެޅުމަކީ މަޖިލީހުގައި ވަގުތު ބޭކާރުކުރަން ކޮށްފައިވާ މަސައްކަތެއް ކަމަށެވެ.
ހިޔާލު