Newport view hinganee gavaaidha hilaafa: Planin Ministry
image
ނިއުޕޯޓު ވިއު: ފޮޓޯ ދަޕްރެސް
ގުފްތަގު އަޖީރު
0 ކޮމެންޓް
 

ނިއުޕޯޓު ވިއު ހިންގަނީ ގަވާއިދާ ހިލާފަށް: ޕްލޭނިން މިނިސްޓްރީ

ނިއުޕޯޓު ވިއު ހިންގަމުން އަންނަނީ ގަވާއިދާ ހިލާފަށް ކަމަށް ބުނެ ޕްލޭނިން މިނިސްޓްރީން ނޫސް ބަޔާނެއް ނެރެފިއެވެ.
ޕްލޭނިން މިނިސްޓްރީން މިއަދު ނެރުނު ނޫސް ބަޔާނެއްގައި ބުނީ، ގަވާއިދާ ހިލާފަށް ނިއުޕޯޓު ވިއު ހިންގާކަމަށް އެ މިނިސްޓްރީން ނިންމާފައިވަނީ 1 ޑިސެންބަރު 2018 އިން ފެށިގެން އެ ރެސްޓޯރަންޓުގެ ކުލި ދައްކާފައި ނުވާތީ ނިއު ޕޯޓާއެކު ވެފައިވާ އެއްބަސްވުން ބާތިލުކޮށްފައިވާކަމަށް އެމިނިސްޓްރީން ނިންމުންވެސް އެ ސަރަހައްދުގައި ރެސްޓޯރަންޓު ހިންގާތީއެވެ.

އެ މިނިސްޓްރީން ނެރު ނޫސްބަޔާނުގައި ބުނީ އެންމެ މަހެއްގެ ކުލި ނުދައްކާ އޮއްވައި ކުލި ކުލި ދައްކަންޖެހޭ މަސް ނިމިއްޖެނަމަ، އިތުރު މުއްދަތެއް ނުދީ އެއްބަސްވުން ބާތިލުކުރުމަށް އެ މިނިސްޓްރީއަށް ލިބިފައިވާ އިހުތިޔާރުގެ ދަށުން 7 މާޗު 2019 ވަނަ ދުވަހު އެއްބަސްވުން ބާތިލުކޮށް، އެއްބަސްވުމުގެ ދަށުން ދޫކޮށްފައިވާ ބިން އެ މިނިސްޓްރީއާ ހަވާލުކުރުމަށް އަންގާފައިވާކަމަށެވެ.

"ވުމާއެކު މިހާރު ސްޓްރަޑް ޕްރައިވެޓް ލިމިޓެޑް އިން އެ ސަރަހައްދުގައި ފުޑް އައުޓްލެޓެއް ހިންގަމުން ގެންދަނީ ގަވާއިދާ ހިލާފަށްކަމުގައި ދަންނަވަމެވެ." ޕްލޭނިން މިިނިސްޓްރީގެ ނޫސް ބަޔާނުގައި ބުނެފައިވެއެވެ.

ނިއުޕޯޓު ވިއު ހިންގާ ބިން ހުސްކޮށްފައިނުވާތީ ގާނޫނުގައި އޮންނަ ގޮތުގެ މަތިން ފިޔަވަޅު އަޅަމުން ގެންދާނެކަމުގެ އިންޒާރުވެސް އެ ނޫސް ބަޔާނުގައި ވަނީ ދީފައެވެ.

ނިއުޕޯޓު ވިއު ހިންގާ ސަރަހައްދުގައި ހަދާފައިވާ ނިއު ޕޯޓު ވިއު ނެގުމަށްފަހު އާންމުން ހިތް ފަސޭހަކޮށް ވަގުތު ހޭދަކޮށްލެވޭނެ ފެހި ސަރަހައްދެއްގެ ގޮތުގައި އެ ސަރަހައްދު ތަރައްގީ ކުރުމަށް ޕްލޭނިން މިިނިސްްޓްރީން ވަނީ ނިންމާފައެވެ.
ހިޔާލު