Isthisgaa namaadhu kuramun dhanikoh vaarey vehihje
image
އިސްލާމީ މަރުކަޒުގައި މިއަދު އިސްތިސްގާ ނަމާދު ކުރަނީ.-- ފޮޓޯ: ޕީއެސްއެމް
3 ކޮމެންޓް
 

އިސްތިސްގާ ނަމާދު ކުރަމުން ދަނިކޮށް ވާރޭ ވެހިއްޖެ

ވާރޭ ނުވެހި ގިނަ ދުވަސްތަކެއް ވުމާ ގުޅިގެން ރާއްޖޭގެ ހުރިހާ ރަށެއްގައި މިއަދު މެންދުރު ނަމާދަށް ފަހު އިސްތިސްގާ ނަމާދު ކުރަމުން ދަނިކޮށް ބައެއް ރަށްރަށަށް ވާރޭ ވެހިއްޖެ އެވެ.
އެގޮތުން ހޫނު ގަދަ ދުވަސްތަކަކާއި ކުރިމަތިވެފައި ވަނިކޮށް މިއަދު އިސްތިސްގާ ނަމާދު ކުރަމުން ދަނިކޮށް ބައެއް ރަށްރަށަށް ވާރޭ ވެހުނެވެ. އަދި މެންދުރުގެ ގަދަ އަވި ދިއްލާފައި އޮއްވާ މާލެ އަށް ވެސް އެ ނަމާދު ކުރަމުން ދިޔަ ވަގުތު ވަނީ ކޮންމެވެސް ވަރަކަށް ވާރޭ ވެހިފަ އެވެ.

"މިއަދު އިސްތިސްގާ ނަމާދަށް ދިޔައިރު އޮތީ އަވިދީފައި. މިސްކިތް ކައިރިން ސައިކަލު ޕާކް ކުރާނެ ޖާގަ ވެސް ނުލިބުނު، މީހުން ގިނަ. ނަމާދު ނިމިގެން ހުތުބާ ފެށިއިރަށް ވާރޭ ވެހެން ފެށިގޮތަށް، މީހުން ނަމާދުން ފައިބައިގެން ދާންޖެހުނީ ތެމިގެން،" ނައިފަރުގައި ހުރި އަލީ ޝަރީފް އިބްރާހީމް، ފޭސްބުކްގައި ބުނެފައި ވެއެވެ.

ޝަރީފްގެ އިތުރުން އެތައް ބަޔަކު ވަނީ އިސްތިސްގާ ނަމާދު ކުރަމުން ދަނިކޮށް ވާރޭ ވެހުމުން އެކަން ފާހަގަކޮށްފަ އެވެ. އެގޮތުން މާލެ އާއި ނައިފަރުގެ އިތުރުން ވެސް އެހެން ބައެއް ރަށްރަށަށް ވެސް، އިސްތިސްގާ ނަމާދު ކުރަމުން ދިޔަ ވަގުތު ވާރޭ ވެހިފައިވެ އެވެ.

މާލޭގައި އިސްތިސްގާ ނަމާދު ކުރީ އިސްލާމީ މަރުކަޒުގަ އެވެ. ގިނަ އަދަދެއްގެ ބަޔަކު ބައިވެރިވި ނަމާދު، އިމާމުވެ ކޮށްދެއްވީ މަޝްހޫރު ދީނީ އިލްމުވެރިޔާ ޑރ. މުހައްމަދު އިޔާޒެވެ. އެހެން ރަށްރަށުގައި އިސްތިސްގާ ނަމާދު ކޮށްފައިވަނީ އެ ރަށެއްގެ އެންމެ ބޮޑު މިސްކިތުގަ އެވެ.
ހިޔާލު

ލލ

ބަޔެއް މީހުން ހީކުރަނީ އިސްތިސްޤާ ނަމާދަކީ ހަމައެކަނި ވާރޭ ނުވެހިގެން ކުރާނަމާދެއްކަމަ، ބޯކޮށް ވާރޭ ވެންޏާވެސް ނަމާދު ކުރުން އޮނަނީ ދުވާކުރުން އޮންނަނީ އެއީ ސުންނަތް ގޮތަކީ ރަސޫލާ އަމަލުކުރެއްވި ގޮތަކީވެސް!

އަލީ

ސުބުހާނަﷲ.

ޢީސާފުޅު

ماشاءالله