STO in Heyo agugai Fiyaa Aluvi Bis Vihkanee
image
އެސްޓީއޯއިން ހެޔޮ އަގުގައި ފިޔާ އަލުވި ބިސް ވިއްކަނީ
މާއިދާ މުހައްމަދު ރަޝާދު
0 ކޮމެންޓް
 

އެސްޓީއޯއިން ހެޔޮ އަގުގައި ފިޔާ، އަލުވި އަދި ބިސް ވިއްކަނީ

ރޯދަމަހާއި ދިމާކޮށް ފިޔާ އާއި އަލުވި އަދި ބިސް ވިއްކާނެ އަގުތައް ސްޓޭޓް ޓްރޭޑިން އޯގަނައިޒޭޝަން (އެސްޓީއޯ) އިން މިއަދު އާންމުކޮށްފިއެވެ.
އަންނަ މަހުގެ ހަ ވަނަ ދުވަހު ރޯދަ މަސް ފެށޭއިރު އެސްޓީއޯ އިން ބުނީ، ރޯދަ މަހު ފިޔާ ކިލޯއެއް ވިއްކާނީ ހަތް ރުފިޔާއަށް ކަމަށާއި ފިޔާ ބަސްތާއެއްގެ އަގު އުޅޭނީ 140ރ ގައި ކަމަށެވެ. އަދި 25 ބަސްތާއަށް ވުރެ އިތުރަށް ފިޔާ ގަންނަނަމަ ބަސްތާއެއްގެ އަގު އުޅޭނީ 130ރ ގައި ކަމަށް އެސްޓީއޯއިން ބުނެއެވެ.

އެސްޓީއޯ އިން އިތުރަށް ބުނީ، ރޯދަ މަހު އަލުވި ކިލޯއެއް ވިއްކާނީ 8.50ރ. އަށް ކަމަށެވެ. އަދި އަލުވި ބަސްތާއެއް 180ރ. އަށް ވިއްކާއިރު 25 ބަސްތާއަށް ވުރެ އިތުރަށް އަލުވި ގަންނަނަމަ ބަސްތާއެއްގެ އަގަކީ 170ރ. ކަމަށް އެސްޓީއޯ އިން ބުނެއެވެ.

ރޯދަ މަހު އެސްޓީއޯ އިން ކުކުޅު ބިސް ވަކިން ވިއްކާނީ ބިހެއް 1.50ރ. އަށެވެ. އަދި ބިސް ކޭހެއް 270ރ. އަށް ވިއްކަން ނިންމާފައިވާއިރު 25 ކޭހަށް ވުރެ އިތުރަށް ބިސް ކޭސް ގަންނަނަމަ ބިސް ކޭހެއް ލިބޭނީ 260ރ. އަށް ކަމަށް އެސްޓީއޯ އިން ބުނެއެވެ.

އެސްޓީއޯ އިން ވަނީ ކާޑުގެ ބާވަތްތައް ވެސް އެއްވެސް ދަތިކަމެއް ނެތި ރޯދަގައި ފޯރުކޮށްދެވޭނެ ކަމަށް ބުނެފައެވެ.
ބިސް ކޭސް އެސްޓީއޯ
ހިޔާލު