Raajje ah enmme muhinmee india, china ves muhinmmu: Raees Nasheed
image
ކުރީގެ ރައީސް މުހައްމަދު ނަޝީދު: ފޮޓޯ ރޮއިޓާސް
ގުފްތަގު އަޖީރު
1 ކޮމެންޓް
 

ރާއްޖެއަށް އެންމެ މުހިންމީ އިންޑިއާ، ޗައިނާ ވެސް މުހިންމު: ރައީސް ނަޝީދު

"އިންޑިއާ ފަސްޓު" ނުވަަތަ އެންމެ ފުރަތަމަ އިންޑިއާ ޕޮލިސީއަށް ދިވެހިރާއްޖެއިން ތަބާވަމުން ދިޔަ ނަމަވެސް، ދިވެހިރާއްޖެއަށް ޗައިނާއާއި ދުނިޔޭގެ އެހެން ގައުމުތައްވެސް މުހިންމުކަމަށް ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.
އިންޑިއާގެ "ދަ ޕްރިންޓު" ނޫހަށް ދެއްވި އިންޓަވިއުއެއްގައި ރައީސް މުހައްމަދު ނަޝީދު ވިދާޅުވީ، ދިވެހި ސަރުކާރަށް ހުރިހާ ގައުމެއްވެސް މުހިންމުކަމަށެވެ. އަދި އެހެންކަމުން ޗައިނާއަކީ ވެސް މުހިންމު ގައުމެއްކަމަށެވެ.

"އިންޑިއާއަކީ ދިވެހިންގެ ދާއިމީ ރަހުމަތްތެރިއެއް. އަޅުގަނޑުމެންނަށް ކަމެއްޖެހޭ ކޮންމެ ފަހަރު އިންޑިއާއިން އެހީތެރިވޭ. އަދި އަބަދުވެސް އިންޑިއާއިން ދިވެހިރާއްޖޭގެ މިނިވަންކަމާ އިސްތިގުލާލަށް އިހުތިރާމުވެސް ކުރޭ،" އިންޑިއާ މުހިންމުވަނީ ކީވެކަން ކިޔާދެއްވަމުން ރައީސް ނަޝީދު ވިދާޅުވެފައިވެއެވެ.

ރައީސް ނަޝީދު މިހެން ވިދާޅުވެފައިވާއިރު، ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި އެމްޑީޕީން ވަނީ ބޮޑު ކާމިޔާބީއެއް ހޯދާފައެވެ. މަޖިލީހުގެ 87 ގޮނޑީގެ ތެރެއިން 65 ގޮނޑި އެމްޑީޕީން ކާމިޔާބުކޮށްފައިވެއެވެ.
ހިޔާލު

ގުދުގުދާ

ރާއްޖެއަށް އެންމެ މުހިންމީ އިންޑިއާ، ޗައިނާ ވެސް މުހިންމު: ސުރުހީގެ ދަށުން ލިޔުންތެރިޔާ ލިޔަމުންގޮސް ކަމާ އެއްގޮތަކަށް ވެސް ނުގެޅޭ މިލިޔުން "ރައީސް ނަޝީދު މިހެން ވިދާޅުވެފައިވާއިރު، ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި އެމްޑީޕީން ވަނީ ބޮޑު ކާމިޔާބީއެއް ހޯދާފައެވެ. މަޖިލީހުގެ 87 ގޮނޑީގެ ތެރެއިން 65 ގޮނޑި އެމްޑީޕީން ކާމިޔާބުކޮށްފައިވެއެވެ." ލިއުނީމާ ދެން ވަރަށް ޖޯކް!