Deeya ge dharifulhah nan kiyaifi
image
ދީޔާ---
0 ކޮމެންޓް
 

ދީޔާގެ ދަރިފުޅަށް ނަން ކިޔައިފި

ޓީވީ އެކްޓަރެސް ދީޔާ ޗޯޕްރާގެ ދަރިފުޅަށް ނަން ކިޔައިފިއެވެ.
ދީޔާ ބަނޑުބޮޑުކަން އޭނާ ހާމަކޮށްފައިވަނީ އޮފިޝަލް އިންސްޓާގުރާމު މެދުވެރިކޮށެވެ. އަދި ދީޔާ އަށް ލިބެން އުޅެނީ ފިރިހެން ކުއްޖެއް ކަމަށް އޭނާ ވަނީ މިދިޔަ މަހު ހާމަކޮށްފައެވެ.

ދީޔާ ވިހާފައިވަނީ މިމަހު ފަސް ވަނަ ދުވަހު އެވެ. ދަރިފުޅަށް ކިޔާނެ ނަމަކާ މެދު ގިނަ ބައެއްގެ ހިތުގައި ސުވާލު އުފެދިފައިވާއިރު މިހާރު ވަނީ އެ އިންތިޒާރަށް ނިމުމެއް އައިސްފައެވެ. އެކުއްޖާއަށް ކިޔާފައިވަނީ "އިވާން އަރް މެހްރާ" އެވެ.



އިވާންއަކީ ދީޔާ އާއި ރިޓްޖީގެ ފުރަތަމަ ދަރިފުޅެވެ. ދީޔާ ކައިވެނި ކައިވެނިކޮށްފައިވަނީ 2016 ވަނަ އަހަރު ރިޓްޖީ މެހްރާވެ. ދީޔާ ވަނީ "ޗަން ޗަން" އާއި "ނަ އާނާ އިސް ދޭސް ލާޑޯ" އަދި "މިސިސް ކައުޝިކް ކި ޕާޗް ބަހުއޭން" އިން ފެނިފައެވެ.
ހިޔާލު