Kaiveni Kuran ulhey vaahaka Malaika dhogukohfi
image
މަލައިކާ--
0 ކޮމެންޓް
 

ކައިވެނި ކުރަން އުޅޭ ވާހަކަތައް މަލައިކާ ދޮގުކޮށްފި

ބޮލީވުޑުގެ މަޝްހޫރު ތަރި، އަރްޖުން ކަޕޫރާއި އޭނާގެ ލޯބިވެރިޔާ މަލައިކާ އަރޯރާ ކައިވެނި ކުރަން އުޅޭކަމަށް ފެތުރެމުން އަންނަ އަޑުތައް މަލައިކާ ދޮގުކޮށްފިއެވެ.
މިމަހުގެ ތެރޭގައި އެ ދެތަރިން ކައިވެނި ކުރަން އުޅޭ ކަމަށް އަޑުތައް ފެތުނުއިރު އެކަން ދޮގުކޮށް މަލައިކާ ބުނީ، އެއީ ހަގީގަތެއް ނެތް ވާހަކަތަކެއް ކަމަށެވެ.

ދާދިފަހުން މަަލައިކާ އާއި އަރްޖުން ވަނީ ވަރަށް ފަހުން ޕަޕަރާޒީންނަށް ވަގަށް ރާއްޖެ އައިސް ޗުއްޓީ ވެސް ހޭދަކޮށްފައެވެ. އެކަން ފަޅާއެރީ ރާއްޖޭގައި ޗުއްޓީ ހޭދަކުރުމަށް ފަހު އެނބުރި އިންޑިއާއަށް ގޮސް ތިއްބާ އެއާޕޯޓުންނެވެ.

ސަލްމާންގެ ކޮއްކޮ، އަރްބާޒް ހާނާއި މަލައިކާ ގިނަ އަހަރުތަކެއް ވަންދެން ކައިވެނިކޮށްގެން އުޅުނު ނަމަވެސް ވަކިން ދިރިއުޅެން ފަށާފައި ވަނީ 2016 ގައެވެ. އަދި 2017 ވަނަ އަހަރު ވަރިވިއިރު އެމީހުންގެ ކައިވެންޏަށް 16 އަހަރުގެ ފިރިހެން ކުއްޖަކު ލިބިފައި ވެއެވެ.
ހިޔާލު