Raees Nasheed Chutti akah UK ah
image
އެމްޑީޕީގެ ހަރަކާތެއްގައި ރައީސް ނަޝީދު
އަހުމަދު
0 ކޮމެންޓް
 

ރައީސް ނަޝީދު ޗުއްޓީއަކަށް ޔޫކޭ އަށް

ކުރީގެ ރައީސް މުހައްމަދު ނަޝީދު ޗުއްޓީއަކަށް އާއިލާއާ އެކު މިއަދު އިނގިރޭސި ވިލާތަށް ފުރާވަޑައިގެންފި އެވެ.
ރައީސް ނަޝީދުގެ އޮފީހުން މިއަދު ބުނީ އިނގިރޭސި ވިލާތުގައި އާއިލާއާ އެކު ރައީސް ނަޝީދު ހޭދަކުރައްވާނީ ކުރު ޗުއްޓީއެއް ކަމުގައެވެ. އަދި ޗުއްޓީ ނިންމަވާލެއްވުމަށް ފަހު މިމަހުގެ ފަހުކޮޅު ރައީސް ނަޝީދު އެމެރިކާއަށް ވަޑައިގަންނަވާނެކަމަށްވެސް ރައީސް ނަޝީދުގެ އޮފީހުން ބުނެއެވެ.

ރައީސް ނަޝީދު އެމެރިކާއަށް ވަޑައިގަންނަަވަނީ ކްލޫނީ ފައުންޑޭޝަން ފޯ ޖަސްޓިސް އިން ބާއްވާ ހަރަކާތެއްގައި ބައިވެރިވެވަޑައިގަތުމަށް ކަމަށްވެސް ރައީސް ނަޝީދުގެ އޮފީހުން ބުނެއެވެ.

ކްލޫނީ ފައުންޑޭޝަން ފޯ ޖަސްޓިސް އަކީ ރައީސް ޔާމީންގެ ސަރުކާރުގައި ރައީސް ނަޝީދު ޖަލަށް ލެވުމުން އެކުލަވައިލި ބައިނަލް އަގްވާމީ ވަކީލުންގެ ޓީމްގައި ހިމެނޭ މަޝްހޫރު ގާނޫނީ ވަކީލް އަމާލް ކްލޫނީ އާއި އާމާލްގެ ފިރިމީހާ އަދި މަޝްހޫރު އެކްޓަރު ޖޯޖް ކްލޫނީ ހިންގަ ޖަމާއަތެކެވެ.

ރައީސް ނަޝީދު މިއަދު ޗުއްޓީއަށް ފުރާވަޑައިގެންނެވި އިރު ނިމިދިޔަ މަޖިލިސް އިންތިހާބުގައި އެންމެ ބުރަކޮށް އުޅުއްވި އެއް ލީޑަރަކީ ރައީސް ނަޝީދެވެ.
ހިޔާލު