Moosun Goasvaanethee Raajjeyge bodu bayakah White Alert nerefi
image
ކަނޑުގަދަ ދުވަހެއްގައި ފެރީތައް ދަތުރުކުރަނީ-- ފޮޓޯ: ވީނިއުސް
މާއިދާ މުހައްމަދު ރަޝާދު
0 ކޮމެންޓް
 

މޫސުން ގޯސްވާނެތީ ރާއްޖޭގެ ބޮޑު ބަޔަކަށް ވައިޓް އެލާޓް ނެރެފި

ރާއްޖޭގެ ބައެއް ސަރަހައްދުތަކަށް މޫސުން ގޯސްވެދާކަމަށް ލަފާކޮށް މޫސުމާއި ބެހޭ ގައުމީ އިދާރާއިން ވައިޓް އެލާޓް ނެރެފިއެވެ.
ގުގުރުމާއެކު ބޯކޮށް ވާރޭވެހޭނެތީ މެޓު އޮފީހުން ވައިޓް އެލާޓް ނެރެފައި ވަނީ ނ. އަތޮޅުން ފެށިގެން އައްޑޫ ސިޓީއާ ދެމެދަށެވެ. އެ ސަރަހައްދުތަކަށް ވައިޓް އެލާޓު ނެރެފައި ވަނީ ރޭ ފަތިހު 4:15 އިން ފެށިގެން މިއަދު ހެނދުނު 9:15 އަށެވެ.

މެޓު އޮފީހުން ބުނީ ދެކުނާއި މެދުތެރޭ އެކިހިސާބަށް ވިއްސާރަ ކުރުމާއެކު ގުގުރުން އެކަށީގެންވާ ކަމަށާއި އުތުރުގެ ބައެއް ރަށްތަކަށް ގުގުރުމާއެކު ކެރީގެ އަސަރު ފޯރާނެ ކަމަށެވެ. އަދި ހުޅަނގުއުތުރާއި އުތުރުން ގަޑިއަކު 03 މޭލާއި 13 މޭލާ ދެމެދުގެ ބާރު މިނުގައި ވައި ޖެހޭނެ ކަމަށް ވެސް އެ އިދާރާއިން ބުނެއެވެ.

ރާއްޖޭގެ ކަނޑުތައް އާދައިގެ ވަރަކަށް މަޑުވާނެ ކަމަށް ވެސް މެޓު އޮފީހުން ލަފާކުރެއެވެ.

ރާއްޖެއަށް ވިއްސާރަކުރަން ފަށާފައި މިވަނީ ވާރޭނުވެހޭތާ ގިނަ ދުވަސްވެގެން އިއްޔެ މެންދުރު ނަމާދަށް ފަހު އިސްތިސްގާ ނަމާދުވެސް ކޮށްފައި ވަނިކޮށެވެ. އަދި އެ ނަމާދު ކުރަމުން ދަނިކޮށް ވެސް އެކި ރަށްރަށަށް ވިއްސާރަވެހުނުއިރު ރޭ މާލެއަށް ވެސް ވަނީ ވާރޭވެހިފައެވެ.
މޫސުން މެޓް
ހިޔާލު