Japanun Fuluhunnah 28 Car aai Launch eh Hadhiyaa kohfi
image
ޖަޕާނުން ރާއްޖެއަށް ހަދިޔާކުރި ކާރުތައް-- ފޮޓޯ: ފުލުހުން
މާއިދާ މުހައްމަދު ރަޝާދު
0 ކޮމެންޓް
 

ޖަޕާނުން ފުލުހުންނަށް 28 ކާރާއި ލޯންޗެއް ހަދިޔާ ކޮށްފި

ޖަޕާން ސަރުކާރުން ދިވެހި ފުލުހުންނަށް 28 ކާރާއި ލޯންޗަކާއި ވައިޖަހާ ވައްތަރުގެ ދެ ބޯޓު ހަދިޔާ ކޮށްފިއެވެ. އެއީ ދެ މިލިއަން ޑޮލަރު އަގުހުރި ތަކެއްޗެވެ.
އެތަކެތި ހަދިޔާ ކޮށްފައި ވަނީ އިއްޔެ ހަވީރު އެކަމަށްޓަކައި ޖުމްހޫރީ މައިދާނުގައި ބޭއްވި ރަސްމިއްޔާތެއްގައެވެ. އެގޮތުން އެ ހަދިޔާތަކުގެ ލިޔުން ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދާ ހަވާލުކޮށްދެއްވީ ރާއްޖޭގައި ހުންނަވާ ޖަޕާނުގެ ސަފީރާ ކެއިކޯ ޔަނާއީއެވެ.

ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން ޖަޕާނު ސަފީރު ވިދާޅުވީ، ހަދިޔާ ކުރި ތަކެތީގެ ބޭނުން ފުލުހުން އެންމެ ރަނގަޅު ގޮތުގައި ބޭނުން ކުރާނެ ކަމަށް އުއްމީދުކުރާ ކަމަށާއި އެތަކެތީގެ ސަބަބުން ރައްޔިތުންގެ ސަލަމާތާއި ރައްކާތެރިކަން ކަށަވަރުކުރުމަށް އެހީއަކަށް ވެގެންދާނެ ކަމަށެވެ.

މިނިސްޓަރު ޝާހިދުގެ ވާހަކަގައި ވަނީ އެތަކެތި ދިވެހި ފުލުހުންނަށް ޖަޕާނުން ހަދިޔާ ކުރުމުން އަންގައިދެނީ އެއީ ޖަޕާނާއި ރާއްޖެއާ ދެމެދު އޮތް ހަރުދަނާ ގުޅުން ކަމަށް ވިދާޅުވެފައެވެ.

އެ ރަސްމިއްޔާތުގައި ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ އާއި ޕޮލިސް ކޮމިޝަނަރު މުހައްމަދު ހަމީދުގެ އިތުރުން ފުލުހުންގެ އިސް އޮފިސަރުން ވެސް ވަނީ ބައިވެރިވެވަޑައިގަންފައެވެ.
ހިޔާލު