Dhathuru fathuruge schedule beleyne application eh tha'aaraf koffi
image
ފަތުރުވެރިއަކު ފުލިދޫން މާލެ އަންނަ ފެރީއެއް ކައިރީގައި މަޑުކޮށްލައިގެން: ފޮޓޯ ނެވާއެންޑިން ޖާނީ
ފައުޒާ މުހައްމަދު
1 ކޮމެންޓް
 

ދަތުރުފަތުރުގެ ޝެޑިއުލް ބެލޭނެ އެޕްލިކޭޝަނެއް ތައާރަފްކޮށްފި

ރާއްޖޭގައި ދަތުރުފަތުރުގެ ޝެޑިއުލްއާއި ދަތުރުފަތުރު ކުރެވެން ހުރި ގޮތްތައް ފަސޭހަކަމާއި އެކު ބަލައިލެވޭނެ އެޕްލިކޭޝަނެއް ޓްރާންސްޕޯޓު މިނިސްޓްރީން ތައާރަފުކޮށްފި އެވެ.
"ނިއަމި" ނަމުގައި ތައްޔާރުކުރި އެއެޕްލިކޭޝަން ތާރަފްކޮށްދެއްވީ އިއްޔެ ޓްރާންސްޕޯޓު އޮތޯރިޓީގައި ބޭއްވި ރަސްމިއްޔާތެއްގައި ޓްރާންސްޕޯޓް މިނިސްޓަރު އައިޝަތު ނަހުލާ އެވެ.

އެ އެޕްލިކޭޝަނާ ބެހޭ ވާހަކަ ދައްކަމުން ޓްރާންސްޕޯޓު މިނިސްޓްރީން ބުނީ ރާއްޖޭގެ ހުރިހާ ސަރަހައްދެއްގައި ދެމުންދާ ކަނޑުދަތުރުގެ ހިދުމަތްތައް އެ އެޕްލިކޭޝަން މެދުވެރިކޮށް ފެނިގެންދާނެ ކަމަށެވެ. އެގޮތުން ރާއްޖޭގެ އުތުރުން ދެކުނަށް ދައުލަތުން ދެމުންދާ ފެރީތަކުގެ ހިދުމަތުގެ ހުރިހާ މައުލޫމާތެއް އެ އެޕްލިކޭޝަނުން ލިބިގެންދާނެ ކަމަށް ޓްރާންސްޕޯޓް މިނިސްޓްރީން ވަނީ ބުނެފައެވެ.

އެޕްލިކޭޝަނުން މިވަގުތު ފެނިގެންދާނީ ސަރުކާރުގެ ތިން ކުންފުންޏަކުންދޭ ފެރީތަކުގެ މައުލޫމާތު އެކަންޏެވެ. ނަމަވެސް ކުރިއަށް އޮތް ތަނުގައި އަމިއްލަ ފަރާތްތަކުން ކުރާ ދަތުރުފަތުރުގެ މައުލޫމާތު އެ އެޕްލިކޭޝަނުން ފެނިގެންދާނެ ކަމަށް ޓްރާންސްޕޯޓް މިނިސްޓްރީން ވަނީ ބުނެފައެވެ.

އެ އެޕްލިކޭޝަންއަކީ ސަރުކާރުގެ 100 ދުވަހުގެ ވައުދުތަކުގެ ތެރެއިން ޓްރާންސްޕޯޓް މިނިސްޓްރީން ކުރަން ކަނޑައަޅާފައިވާ ވައުދެކެވެ.

"ނިއަމި" އެޕްލިކޭޝަންގެ ލިންކް: https://play.google.com/store/apps/details?id=com.mta.niami
ހިޔާލު

ހެލްލެޓިފޮނިވާހަކަ

ލޮލް. ލިންކު މަސައްކަތެއް ނުކުރެޔޯ!!!!