Dhivehinah Malaysia ge University akun Aguheyokoh Medicine Kiyeveyne goiy hadhaifi
image
މާއިދާ މުހައްމަދު ރަޝާދު
0 ކޮމެންޓް
 

ދިވެހިންނަށް މެލޭޝިއާގެ ޔުނިވަސިޓީއަކުން އަގުހެޔޮކޮށް މެޑިސިން ކިޔެވޭނެ ގޮތް ހަދައިފި

ދިވެހި ކިޔަވާ ކުދިންނަށް އަގުހެޔޮކޮށް މެޑިސިން ކޯސްތަކެއް ކިޔަވައިދޭން މެލޭޝިއާގެ ޔުނިވާސިޓީއެއް ކަމަށްވާ ޔޫސީއެސްއައި އިން އެއްބަސްވެއްޖެއެވެ.
އެކަން ހާމަކޮށް ހަޔާ އެޑިއުކޭޝަން މިނިސްޓްރީން ކުރި ޓްވީޓެއްގައި ބުނީ، ޔޫސީއެސްއައި އިން ވަނީ ޑޮކްޓަރޭޓް އޮފް މެޑިސިން އަދި ބެޗްލާސް އޮފް ފާމަސީ އޮނާސް ކޯހުން 15 ޕަސެންޓުގެ ޑިސްކައުންޓެއް ދަރިވަރުންނަށް ދޭން ނިންމާފައި ކަމަށެވެ.


އޭގެ އިތުރުން މިދިޔަ އަހަރުގެ އެ ޔުނިވާސިޓީ އާއި ހަޔާ އެޑިއުކޭޝަން މިނިސްޓްރީން އާ ދެމެދުވި އެއްބަސްވުމުގެ ދަށުން ވެސް ވަނީ އެ ޔުނިވާސިޓީއިން ކިޔަވައިދެމުން އަންނަ ގިނަ ކޯސްތަކަކުން ދިވެހި ދަރިވަރުންނަށް 25 ޕަސެންޓާއި ހަމަށް ޑިސްކައުންޓު ދޭން ނިންމާފައެވެ.

މެލޭޝިއާގެ ޔުނިވާސިޓީތަކުން މިހާރު ވެސް ރާއްޖޭގެ ގިނަ ދަރިވަރުންތަކެއް މަތީ ތައުލީމު ހާސިލުކުރަމުން އަންނައިރު އަގުހެޔޮކޮށް މަތީ ތައުލީމު ދިވެހި ދަރިވަރުންނަށް ހޯދައި ދިނުމަކީ ރައީސް އިބްރާހީމް މުހައްމަދު ސޯލިހުގެ ރިޔާސީ ވައުދެކެވެ. އެގޮތުން އެ ވައުދު ފުއްދުމަށް ރާއްޖޭގައި ތިބެގެން ހިލޭ ޑިގްރީއަށް ކިޔެވޭނެ އިންތިޒާމު ސަރުކާރުން މިހާރު ހަމަޖައްސާފައިވާއިރު ރާއްޖެއިން ބޭރުގައި މަތީ ތައުލީމު ހާސިލުކުރުމަށް ދޫކުރާ ލޯނުގެ އިންޓަރެސްޓް ރޭޓު ފަސް އިންސައްތައިން މިހާރު ވަނީ ތިން އިންސައްތައަށް ކުޑަކޮށްފައެވެ.
ހިޔާލު