Sarukaaru office thakugai faseyhain namaadhu kureveyne goiy hadhanee
image
އިސްލާމީ މަރުކަޒު-- ފޮޓޯ: ދިއިސްލާމް
މާއިދާ މުޙައްމަދު ރަޝާދު
2 ކޮމެންޓް
 
ސަރުކާރު އޮފީސްތަކުގައި ފަސޭހައިން ނަމާދު ކުރެވޭނެ ގޮތް ހަދަނީ

ސަރުކާރު އޮފީސްތަކާއި ސަރުކާރު ކުންފުނިތަކުގެ އޮފީސްތަކުގައި މަސައްކަތް ކުރާ މުވައްޒަފުންނަށް ފަސޭހައިން ނަމާދު ކުރެވޭނެ އިންތިޒާމުތައް ހަމަޖެއްސުމުގެ މަސައްކަތް އިސްލާމިކް މިނިސްޓްރީން ފަށައިފިއެވެ.
އިސްލާމިކް މިނިސްޓަރު އަހުމަދު ޒާހިރު އަލީ ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ، ސަރުކާރު އޮފީސްތަކާއި ސަރުކާރު ކުންފުނިތަކުގެ ތެރެއިން މުވައްޒަފުންނަށް ފަސޭހަކަމާއެކު ނަމާދު ކުރެވޭނެ އިންތިޒާމު ހަމަޖެހިފައި ނުވާ ތަންތަން ބަލައި އެތަންތަނުގައި ފަސޭހައިން ނަމާދު ކުރެވޭނެ އިންތިޒާމުތައް ހަމަޖެއްސުމުގެ މަސައްކަތް މިނިސްޓްރީން ފަށާފައިވާ ކަމަށެވެ.

މަސައްކަތް ކުރާ މާހައުލުގައި ނަމާދު ކުރެވޭނެ އިންތިޒާމު ހަމަޖެހިފައި ނުވާތީ ބައެއް މީހުން ހިތްހަމަނުޖެހުން ފާޅުކުރާއިރު ކައިރީގައި މިސްކިތެއް ނެތުމުން ބަންގި ގޮވާ ވަގުތަށް ނަމާދަށް އެރުމަށް ދަތިތަކާ ކުރިމަތިވާ ކަމަށް ވެސް އެމީހުން ބުނެއެވެ. އެހެންކަމުން، މިއީ މުވައްޒަފުންނަށް ލުއިތަކެއް ލިބިގެންދާނެ ކަމެކެވެ.

މިހާރު ވެސް ބައެއް އޮފީސްތަކާއި ކުންފުނިތަކުގައި މުވައްޒަފުންނަށް ފަސޭހައިން ނަމާދު ކުރެވޭނެ އިންތިޒާމު ހަމަޖެއްސުމަށް ނަމާދު ކޮޓަރި ނުވަތަ ނަމާދު ކުރުމަށް ހާއްސަކޮށް ތަންތަން ހަދާފައި ހުރެއެވެ.
ހިޔާލު

އައިސަ

ސީލިނގްމަތީގަ ތީރުޖަހަފަ ގިބްލައިނގޭނެހެން ހުރިހާ ކޮޓަރިއެއްގަ ހުރުން މަޖުބޫރު ކުރުވަބަލަ. އަހަރެމެންގެ ހޮސްޕިޓަލްގެ ނަމާދުކުރާ ކޮޓަރި ހުންނަނީ އެންމެ މަތީގަ. ގިނަފަހަރަށް ތިރީގަ ހުންނަ ހުސްކޮށްހުރި ބަކިމީހުން ބަލާ ކޮޓަރިއެއްގަ ނަމާދުކުރަނީ ވަގުތު ސަލާމަތްކުރަން. ކުޑަމިނުން ނަމާދުކުރާ ކޮޓަރީގަވެސް ގިބުލަ އިނގޭނެހެން ތީރު ޖަހާފަ ނުހުރޭ. ގިބުލަ ކޮންޕަސް އެކި އެޕުން ތަފާތުކޮށް ދައްކަނީ