Rodhamahah male' gai viyafaariah mudhaa ufulaa vaguthuthah badhalukohfi
image
ސިނަމާލެ ބުރިޖުގައި ރޯދަމަހު ބަރު އުޅަނދު ދުއްވުން މަނާ: ފައިލް ފޮޓޯ ސަން
ގުފްތަގު އަޖީރު
0 ކޮމެންޓް
 

ރޯދަމަހު ބްރިޖުގައި ބަރު އުޅަނދުތައް ދުއްވުން މަނާކޮށް މުދާ އުފުލޭ ވަގުތުތަކަށް އިއުލާނުކޮށްފި

ރޯދަމަހު ބްރިޖުގައި ބަރު އުޅަނދުތައް ދުއްވުން މަނާކޮށް މުދާ އުފުލޭ ވަގުތުތައް ބަދަލުގެނެސް އިއުލާނުކޮށްފިއެވެ.
ބަރު އުޅަނދު ނުވަތަ ހެވީ ވެހިކަލް ބުރިޖުގައި ދުއްވުން މަނާކުރި ނަމަވެސް، ބުރިޖުގައި ކަނޑައެޅޭ ވަކި ވަގުތުތަކެއްގައި މުދާ އުފުލިދާނެކަމަށް ޓްރާންސް ޕޯޓު މިނިސްޓްރީން ބުނެއެވެ. އެގޮތުން ހެނދުނު 9:00 އިން ފެށިގެން ހަވީރު 15:00 އަށް އަދި ދަންވަރު 1:00 އިން ހެނދުނު 6:00 އަށް ސިނަމާލެ ބުރިޖުން ހުރިހާ ގިންތިއެއްގެ މުދާ، އުފުލޭނެއެވެ.



ޓްރާންސްޕޯޓުން ބުނީ ރޯދަ މަހުގެ އެއް ވަނަ ދުވަހުން ފެށިގެން ޝައްވާލު މަހުގެ ހަތަރު ވަނަ ދުވަހުގެ ނިޔަލަށް މާލޭގައި ވިޔަފާރި އުސޫލުން އެއްގަމު އުޅަނދުގައި ގަނޑުކޮށް މުދާ އުފުލޭނީ ހެނދުނު 9:00 އިން ފެށިގެން ހަވީރު 15:00 އަށް އަދި ރޭގަނޑު 21:00 އިން ފެށިގެން ހެނދުނު 6:00 އަށް ކަމަށާއި މިވަގުތުތަކުގައި ހުރިހާ ބާވަތެއްގެ މުދާއުފުލިދާނެކަމަށެވެ. ފެނާއި ކައްކާ ގޭސް އުފުލުލުމަށް ވެސް ހަމަޖެހިފައިވާ ގަނޑިތަކަކީ ވެސް ހެނދުނު 9:00 އިން ހަވީރު 15:00 އަށެވެ.

ކޮންމެ ރޯދަމަހުގެ ހަވީރު މާލޭގެ މަގުތައް ބާރު ބޮޑުވެއެވެ. ސަބަބަކީ "ރޯދަ ކުރުކުރަން" ބުރުޖަހަން ސައިކަލުުތަކާ ކާރުތަކުގައި ގިނަބަޔަކު މަގުތަކަށް ނުކުތުމެވެ. އަދި މިއީ ސިނަމާލެ ބުރިޖު އެޅިފަހުން އަންނަ ފުރަތަަމަ ރޯދަމަހެވެ.
ހިޔާލު