Ha. aai Hdh. atolhah MTCC in Speed Ferry ge Hidhumaiy Fashaifi
image
ހއ. އާއި ހދ. އަތޮޅަށް އެމްޓީސީސީއިން ސްޕީޑް ފެެރީ ފެށުން-- ފޮޓޯ: އެމްޓީސީސީ
މާއިދާ މުޙައްމަދު ރަޝާދު
3 ކޮމެންޓް
 

ހއ. އާއި ހދ. އަތޮޅަށް ސްޕީޑް ފެރީގެ ހިދުމަތް ފަށައިފި

ރާއްޖޭގެ އެންމެ އުތުރުގައި އޮންނަ ހއ. އާއި ހދ. އަތޮޅަށް އެމްޓީސީސީން ސްޕީޑު ފެރީގެ ހިދުމަތް ދޭން ފަށައިފިއެވެ.
މިއަދުން ފެށިގެން ރަސްމީކޮށް އެހިދުމަތް ތައާރަފުކޮށްފައިވާއިރު އެމްޓީސީސީން ބުނީ ސްޕީޑް ފެރީގެ ހިދުމަތް އެކުންފުނިން ދޭނީ ޓްރަޔަލްކޮށް ކަމަށެވެ.

އެމްޓީސީސީން ބުނީ، ސްޕީޑް ފެރީގެ ދަތުރުތައް ޓްރަޔަލް މުއްދަތުގައި ކުރިއަށް ގެންދާނީ ހއ. ދިއްދޫ، ހދ. ހަނިމާދޫ އަދި ހދ. ކުޅުދުއްފުށީ ގުޅުވާލައިގެން ކަމަށެވެ. އަދި ޓްރަޔަލް މުއްދަތު ނިމުމުން ސްޕީޑް ފެރީ ދަތުރުކުރާނެ ދާއިމީ ރޫޓެއް ކަނޑައެޅޭނެ ކަމަށް ވެސް އެމްޓީސީސީން ބުނެއެވެ.

އޭގެ އިތުރުން އެމްޓީސީސީން ބުނީ، ސްޕީޑް ފެރީގެ ދަތުރުތަކަށް ނަގާނީ 150 އާއި 250 ރުފިޔާއާ ދެމެދުގެ އަދަދެއް ކަމަށެވެ.

އެމްޓީސީސީން އަންނަނީ ހުޅުމާލެ އާއި މާލެ އަދި ވިލިމާލެ އާއި މާލެއާ ދެމެދު ވެސް ފެރީގެ ހިދުމަތް ދެމުންނެވެ. އަދި ބައެއް އަތޮޅުތަކަށް ވެސް އެމްޓީސީސީން އަންނަނީ ފެރީގެ ހިދުމަތް ފޯރުކޮށްދެމުންނެވެ.
ހިޔާލު

މުނީރު

ތީގެ ފެރީ އެއްގެޚިދުމަތް ކޮލަމާފުށީ ރައްޔިތުންނަށް ލިބޭނީ ކޮން އރަކުން؟މިހާރު ތިނަދޫ އަށް މިދެވެނީ ރޭގަނޑު ނިދިނަގާލާ ދެކޮޅަށް ދަތުރުމަތީގަ 10 ގަޑި ދިރު ޑޮކްޓަރަށްދައްކާ ކެއުމާ ބާޒާރު ކުރުމަށް 3 ގަޑިއިރު.ސްކޭން ކުރަން ޓެސްޓެއް ހަދަންދީފިއްޔާ ނާތީޖާ ނަގާ ޑޮކްޓަރަކަށް ނުދެއްކޭ.މީތޯ މިކަން އޮންނަންވީ ކޮތަކީ؟ހުރިހާ ގުރުބާނެއްވާން މިޖެހެނީ ކޮލަމާފުށީ ނިކަމެތި ރައްޔިތުން.

ގާސިމް

ތިކަމަކީ ރަނގަޅަށް ރާވައިގެން ހިންގައިފިނަމަ ފައިދާއާއެކު ކުރެވިދާނެ ކަމެއް. ދަތުރުފަތުރުގެ ނިޒާމަކީ ވަރަށް މުހިއްމު ކަމަކަށް ވާއިރު، މިކަމަކީ ހަމަ ރަނގަޅަށްވެސް ކުރެވިދާނެ ކަމެއް. މިހާރު ހަމަޖައްސާފައިވާ އަގުތަށްވެސް ވަރަށް ރަނގަޅުކަމަށް ފެންނަނީ،. މިއަގުތަށް މާބޮޑުނުކޮށް ކުރިއަށް ގެންދާނެކަމަށް އުއްމީދުކުރަން. މިވަގުތު ޓްރައަލް އަށް ކަނޑައަޅާފަ ތިހުރު ރަށްތަކަކީ އަތޮޅުގެ އެއްބިތުގަ ހުރި ރަށްތަކަކަށް ވުމުން ދަތުރުވެރިންނަށް އުނދަގޫ ތަކެއްކުރިމަތިވާނެ، އެހެންކަމުން އަނެއް ބިތުގެ ރަށްތަކެއް ކަނޑައެޅުމަކީ ވަރަށް މުހިއްމު ކަމެއްކަމަށް ދެކެން.

އާދަމް

ވައިގެ މަގުން ވެސް ހަނިމާދޫ އަށްކަނޑު މަގުންވެސް ހަނިމާދޫ އަށްމީގަ ނެތެއްނު އިންސާފެޢް