Hajjah meehun gendhan proposal hushahalhan hulhuvaalafi
image
ބަޔަކު ހައްޖައް ފުރަނީ: ފައިލް ފޮޓޯ ދުވަސް
0 ކޮމެންޓް
 

ހައްޖަށް މީހުން ގެންދަން ޕްރޮޕޯސަލް ހުށަހަޅަން ހުޅުވާލައިފި

މިއަހަރު ރާއްޖެއިން ޙައްޖަށް މީހުން ގެންދިއުމަށް ޝައުގުވެރިވެ ޝަރުތުހަމަވާ ފަރާތްތަކަށް ޕްރޮޕޯސަލް ހުށަހެޅުމުގެ ފުރުސަތު އިސްލާމިކް މިނިސްޓްރީން ހުޅުވާލައިފިއެވެ.
އިސްލާމިކް މިނިސްޓްރީން ވިދާޅުވީ މިއަދުން ފެށިގެން މިމަހުގެ 28 ވަނަ ދުވަހުގެ ނިޔަލަށް ސަރުކާރު ބަންދުނޫން ކޮންމެ ދުވަހެއްގެ ހެނދުނު އަށަކުން މެންދުރު ބާރަޖެހުމާ ހަމައަށް ޕްރޮޕޯސަލް ހުށައެޅުމުގެ ފީ ބަލައިގަންނަމުންދާނެކަމަށެވެ.

ޕްރޮޕޯޒަލް ހުށައެޅުމުގެ ފީއަކީ ދިހާހާސް ރުފިޔާއެވެ. އަދި ޕްރޮޕޯޒަލްތައް ހުޅުވުމަށް ހަމަޖެހިފައިވަނީ މިމަހުގެ 29 ވަނަ ދުވަހުގެ ހެނދުނު 10 ޖަހާއިރު ޕްރޮޕޯޒަލް ހުށައަޅާ ފަރާތްތަކުގެ ހާޒިރުގައެވެ.

ރާއްޖެއިން މީހުން ހައްޖަށް ގެންދެވޭނީ ރާއްޖޭގައި ރަޖިސްޓަރީކޮށްފައިވާ ސަތޭކަ އިންސައްތަ ދިވެހިންގެ ހިއްސާ އޮންނަ ދިވެހި ކުންފުންޏަކަށެވެ. އަދި އުމްރާއަށް މީހުން ގެންދިޔުމުގެ ހުއްދަ އޮތް ކުންފުންޏަކަށްވެސް ވާންޖެހެއެވެ.

ފްރޮޕޯސަލް ހުށައަޅާ ފަރާތްތަކަށް ބޭނުންވާ މައޫލޫމާތު އިސްލާމިކް މިނިސްޓްރީގެ ވެބްސައިޓުގައި މިހާރު ވަނީ ޝާއިއު ކޮށްފައެވެ.
ހިޔާލު