Moosun goasve Fuvahmulakashai Addu city ah yellow alert nerefi
image
ކަނޑުގަދަ ދުވަހެއްގައި ފެރީތައް ދަތުރުކުރަނީ-- ފޮޓޯ: ވީނިއުސް
ފައުޒާ މުހައްމަދު
0 ކޮމެންޓް
 

މޫސުން ގޯސްވެ ފުވައްމުލަކަށާއި އައްޑޫ ސިޓީ އަށް ޔެލޯ އެލާޓު ނެރެފި

މޫސުން ގޯސްވެ ފުވައްމުލަކާއި އައްޑޫ ސިޓީ އަށް ޔެލޯ އެލާޓު ނެރެފި އެވެ.
ބޯކޮށް ވާރޭ ވެހުމާ ގުޅިގެން އެ ސަރަހައްދުތަކަށް ޔެލޯ އެލާޓު ނެރެފައި ވަނީ މެންދުރު 12:40 އިން 15:20 ގެ ނިޔަލަށެވެ.

މޫސުމާ ބެހޭ ގައުމީ އިދާރާއިން ވަނީ މެދުތެރެއާއި ދެކުނުގެ އެކިހިސާބަށް ވިއްސާރަ ކުރާނެ ކަމަށާއި ބައެއް ރަށްތަކަށް ގުގުރުމާއެކު ބޯކޮށް ވާރޭވެހުން އެކަށީގެންވާ ކަމަށް ވެސް ބުނެފައެވެ. އަދި އުތުރުގެ އަތޮޅުތަކަށް ގުގުރުމާއެކު ކެރީގެ އަސަރު ފޯރާނެ ކަމަށް ވެސް އިއިދާރާއިން ވަނީ ބުނެފައެވެ.

އެގޮތުން ވައި ޖެހޭނީ ހުޅަނގުއުތުރާއި އުތުރުން ގަޑިއަކު ފަސް މޭލާއި 15 މޭލާ ދެމެދުގެ ބާރުމިނުގައި ކަމަށާއި ވިލާގަނޑުގައި ގަޑިއަކު ގާތްގަނޑަކަށް 35 މޭލު ބާރުމިނަށް ވައިގަދަވާނެ ކަމަށް އެއިދާރާއިން ވަނީ ބުނެފައެވެ.

ރާއްޖެއަށް ވިއްސާރަކުރަން ފަށާފައި މިވަނީ ވާރޭނުވެހޭތާ ގިނަ ދުވަސްވެގެން އިއްޔެ މެންދުރު ނަމާދަށް ފަހު އިސްތިސްގާ ނަމާދުވެސް ކޮށްފައި ވަނިކޮށެވެ. އަދި އެ ނަމާދު ކުރަމުން ދަނިކޮށް ވެސް އެކި ރަށްރަށަށް ވިއްސާރަވެހުނުއިރު ރޭ މާލެއަށް ވެސް ވަނީ ވާރޭވެހިފައެވެ.
މޫސުން މެޓް
ހިޔާލު