Huravee Building ge Balcony in baeh vehti Cycle akah Gehlun Vehje
image
މީގެ ކުރިން އެ އިމާރާތުގެ ޝީޓުން ބައެއް ވެއްޓިފައިވާ މަންޒަރު-- ފޮޓޯ: ސަން
މާއިދާ މުހައްމަދު ރަޝާދު
0 ކޮމެންޓް
 

ހުރަވީ ބިލްޑިންގެ ބެލްކަނިން ބައެއް ވެއްޓިއް ސައިކަލަކަށް ގެއްލުން ވެއްޖެ

ރައީސް އޮފީސް ކުރިމަތީގައި ހުންނަ ހުރަވީ ބިލްޑިންގެ ބެލްކަނީ ޝީޓުން ބައެއް މިއަދު ވެއްޓިއްޖެ އެވެ.
ފުލުހުން ބުނީ، މިއަދު 12:42 ހާއިރު ހުރަވީ ބިލްޑިންގެ އަމީރު އަހުމަދު މަގާއިވާ ފަޅީގައި ހުރި ބެލްކަންޏެއްގެ ޝީޓުން ބައެއް ވެއްޓި ސައިކަލަށް ގެއްލުންވެފައިވާ ކަމަށެވެ. އެކަމަކު އެހާދިސާ އެެއްވެސް މީހަކަށް އަނިޔާއެއް ނުލިބޭ ކަމަށް ފުލުހުން ބުނެއެވެ.

ފުލުހުން އިތުރަށް ބުނީ، އެހާދިސާގެ މައުލޫމާތު މާލޭ ސިޓީ ކައުންސިލަށް ވެސް ހިއްސާކޮށްފައިވާ ކަމަށެވެ. އަދި މިހާރު ސިޓީ ކައުންސިލުން އެސަރަހައްދަށް ގޮސް އިމާރާތް ބަލަމުން އަންނަ ކަމަށެވެ.

މީގެ ކުރިން ވެސް ހުރަވީ ބިލްޑިންގެ ޝީޓުން ވެއްޓުނު ބަޔަކުން ޖެހި މީހަކަށް އަނިޔާވިއެވެ. އެފަހަރުވެސް ޝީޓުން ބައެއް ވެއްޓުނީ އެސަރައްދުގައި އުޅަނދުތައް ޕާކުކޮށްފައި އޮތް ތަނަކަށް ކަމުން ސައިކަލުތަކަށް އެކިވަރުގެ ގެއްލުން ލިބުނެވެ.

30 ހަކަށް އަހަރުވެފައިވާ ހުރަވީ ބިލްޑިންއަކީ ގިނަ އިދާރާތަކެއް ހިންގަމުން އަންނަ އިމާރާތެކެވެ. އެގޮތުން ޓްރާންސްޕޯޓް އޮތޯރިޓީ އާއި އެންޓި ކޮރަޕްޝަން ކޮމިޝަނުގެ އިތުރުން އޮޑިޓާ ޖެނަރަލްގެ އޮފީސް ހުންނަނީ ވެސް އެ އިމާރާތުގައެވެ. އިމާރާތް ވަރަށް ބޮޑަށް ބާވެ ހަލާކުވެފައިވާތީ މީގެ އަހަރުތަކެއް ކުރިން ވެސް އެތަނުން އޮފީސްތައް ހުސްކޮށް ތަޅާލަން ސަރުކާރުން ނިންމި ނަމަވެސް އެކި ސަބަބުތަކާހުރެ މިއަދާ ހަމައަށް އެކަން އޮތީ ނުވެއެވެ.ހިޔާލު