Vazeefa thakah naaqaabil meehun nagaatheekamahbune CSC committee ah haaziru kuran faaskoffi
image
ސިވިލް ސާވިސް ކޮމިޝަނުގެ ރައީސް ޝަމީމު ކެމްޕެއިން ހަރަކާތެއްގައި ބައިވެރިވަނީ
މުހައްމަދު ފަތުހުﷲ
0 ކޮމެންޓް
 

ވަޒީފާތަކަށް ނާގާބިލު މީހުން ނަގާ ކަމަށްބުނެ ސީއެސްސީ ކޮމެޓީއަށް!

ވަޒީފާތަކަށް ޝަރުތު ފުރިހަމަ ނުވާ މީހުން ނަގާތީ ކަމަށްބުނެ، ސިވިލް ސާވިސް ކޮމިޝަނުގެ މެމްބަރުން ރައްޔިތުންގެ މަޖިލީހުގެ މިނިވަން މުއައްސަސާތަކާބެހޭ ކޮމެޓީއަށް ހާޒިރު ކުރުމަށް ފާސްކޮށްފި އެވެ.
މިއަދު ބޭއްވި މިނިވަން މުއައްސަސާތަކާބެހޭ ކޮމެޓީގައި އެ ހުށައެޅުން ފާސްކޮށްފައި ވަނީ އެކޮމެޓީގައި ބައިވެރިވަޑައިގެންނެވި ނުވަ މެމްބަރުންގެ އިއްތިފާގުންނެވެ.

އިދިކޮޅު ޕީޕީއެމް ޕާލަމެންޓްރީ ގްރޫޕްގެ ހޯރަފުށީ ދާއިރާގެ މެމްބަރު މުހައްމަދު އިސްމާއިލާއި، ކެލާ ދާއިރާގެ މެމްބަރު އަލީ އާރިފާއި، މާފަންނު ދެކުނު ދާއިރާގެ މެމްބަރު އަބްދުﷲ ރިފާއު، މިދިޔަ މާޗް މަހުގެ 27 ވަނަ ދުވަހު މިނިވަން މުއައްސަސާތަކުގެ ކަންތައްތަކާބެހޭ ކޮމެޓީއަށް ފޮނުވި ސިޓީގައި ބުނެފައިވަނީ ވަޒީފާތަކަށް މީހުން އައްޔަންކުރުމުގައި އިސްކަންދޭން ވާނީ އިލްމީ ގޮތުން އެންމެ ރަނގަޅު ނަތީޖާ ލިބިފައިވާ ފަރާތްތަކަށް ކަން ސިވިލް ސަރވިސް ގާނޫނުގައި ބުނެފައިވާ ކަމަށެވެ. އެހެން ނަމަވެސް ސިވިލް ސަރވިސްގެ ވަޒީފާތަކަށް ޝަރުތުހަމަނުވާ ފަރާތްތައް ހަމަޖެއްސަމުންދާކަމުގެ ހަބަރުތައް ބައެއް ނޫސްތަކުގައި ޝާއިއުކުރަމުންދާތީ އެކަންތައްތައް ސިވިސް ސާވިސް ކޮމިޝަނުގެ މެމްބަރުންނާ ސުވާލުކޮށްގެން ސާފުކުރުމަށް ބޭނުންވާ ކަމަށް އެ ސިޓީގައި ވަނީ ބުނެފައެވެ.

އެކޮމެޓީގެ މުގައްރިރު، ޖުމްހޫރީ ޕާޓީގެ ޕާލަމެންޓްރީ ގްރޫޕްގެ ވިލިފުށީ ދާއިރާގެ މެމްބަރު ރިޔާޒު ރަޝީދު ވިދާޅުވީ ސިވިލް ސަރވިސް ކަމިޝަނުގެ މެމްބަރުން ހާޒިރު ކުރާނެ ވަގުތެއް ކޮމެޓީގެ މެމްބަރުންނަށް އަންގާނެ ކަމަށެވެ.

ސަރުކާރަށް ނިސްބަތްވާ އަދި އެމްޑީޕީ ޕާލަމެންޓްރީ ގްރޫޕްގެ ނާއިބު ލީޑަރު ރޮޒައިނާ އާދަމް ވިދާޅުވީ ސިވިލް ސާވިސް ކޮމިޝަނުގެ މެމްބަރުން ކޮމެޓީއަށް ހާޒިރު ކުރުމަށް އިއުތިރާޒު ނުކުރައްވާ ކަމަށާއި އެކޮމިޝަނަށް ވެސް ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުން ޝަރުތު ހަމަނުވާ މެމްބަރުން އައްޔަން ކުރައްވާފައިވާ ކަމަށެވެ.

މަޖިލީހުން ދައުލަތުގެ އެކި އިދާރާތަކަށް ބޭފުޅުން އައްޔަން ކުރުމުގައި ގާބިލް މީހުންނަށް ވުރެ ބޮޑަށް ބަލާފައިވަނީ ސިޔާސީ ނުފޫޒުގެ މައްޗަށެވެ. އެގޮތުން ބްރޯޑްކާސްޓިން ކޮމިޝަނަށް އައްޔަން ކޮށްފައިވާ މެމްބަރުންނަށް ބޮޑެތި ފާޑުކިޔުންތަކެއް މީގެކުރިން ވަނީ އަމާޒު ވެފަ އެވެ.

މާފަންނު އުތުރު ދާއިރާގެ މެމްބަރު އިމްތިޔާޒް ފަހުމީ (އިންތި) ވިދާޅުވީ ރައީސް ޔާމީންގެ ސަރުކާރުން ހިންގާފައިވާ ސިޔާސީ ހަރަކާތްތަކުގައި ވެސް ސިވިލް ސާވިސް ކޮމިޝަނުގެ މެމްބަރުން ބައިވެރިވެ ވަޑައިގަންނަވާފައިވާ ކަމަށެވެ. މިދިޔަ ފަސް އަހަރުގެ ތެރޭގައި ވަޒީފާ އަދާކުރާމީހުންނަށް އޮތް ބިރުވެރިކަން އޮތް ކަމަށާއި ސިވިލް ސާވިސްގެ މުއައްޒަފުންނާއި މެމްބަރުން ސިޔާސީ ހަރަކާތްތަކަށް ދިއުމަށް މަޖުބޫރުކޮށް ހާޒިރީ މާކް ކުރުން ފަދަ ކަންތައްތައް ރައީސް ޔާމީންގެ ސަރުކާރުގައި ހިނގާފައިވާ ކަމަށް އިންތި ވިދާޅުވި އެވެ.

ސިވިލް ސާވިސް ކޮމިޝަނުގެ ރައީސް ޑރ. އަލީ ޝަމީމު ވަނީ މިދިއަ ރިޔާސީ އިންތިހާބުގައި ރައީސް ޔާމީންގެ ކެމްޕެއިން ހަރަކާތްތަކުގައި ހަރަކާތްތެރިވެފަ އެވެ.

ސިވިލް ސާވިސް ކޮމިޝަނުގައި ތިއްބަވަނީ ފަސް މެމްބަރުން ނެވެ. އެއީ އެ ކޮމިޝަންގެ ރައީސް ޑރ. އަލީ ޝަމީމާއި ނައިބު ރައީސް ޝަހީދު މުހައްމަދާއި މެމްބަރުން ކަމަށްވާ ފާތުމަތު އާމިރާއި އިބްރާހިމް ޝަހީގް އަދި ޒަކަރިއްޔާ ހުސެއިނެވެ.

ސިވިސް ސާވިސް ގާނޫނުގެ ދަށުން ސިވިލް ސާވިސް ކޮމިޝަން އުފައްދާފައިވަނީ 2007 ވަނަ އަހަރު އެވެ.
މަޖިލިސް ސަރުކާރު
ހިޔާލު