HPA ge thahuleelun dhehkee Rasfannuge fengandu saafukamah
image
ރަސްފަންނު---ފޮޓޯ:އަހުމަދު އިނާޒު
ގުފްތަގު އަޖީރު
1 ކޮމެންޓް
 

ރަސްފަންނުގެ ފެންގަނޑުގެ ތަހުލީހު ހެދިއިރު ނުރައްކަލެއްނެތް، ދެވަނަ ޓެސްޓެއް ހަދަނީ

ރަސްފަންނުގެ މޫދަށް އެރޭ ސަރަހައްދުގެ ފެންގަނޑުގެ ޓެސްޓު ހެލްތު ޕްރޮޓެކްޝަން އެޖެންސީ، އެޗްޕީއޭ އިން ހެދި އިރު ފެންގަނޑުގައި ނުރައްކާތެރިކަމެއް ނެތްކަމަށާ އެ ފެންގަނޑު ދުނިޔޭގެ ސިއްހަތާ ބެހޭ ވުޒާރާ، ޑަބްލިއުއެޗްއޯ ގެ މިންގަނޑަށް ފެތޭކަމަށް ސިޓީ ކައުންސިލުން ހަމަކޮށްފިއެވެ.
ދައުލަތުގެ މީޑިއާއަށް ސިޓީކައުންސިލްގެ ޑެޕިއުޓީ މޭޔަރު ޝަމާއު ޝަރީފް ދެއްވި އިންޓަވިއުއެއްގައި ވިދާޅުވީ، "ރަސް ފަންނުގެ ފެންގަނޑުގެ ފުރަތަމަ ޓެސްޓު ހެދިއިރު، ނުރައްކަލެއް ނެތް. ޑަބްލިއު އެޗްއޯގެ މިންގަނޑުން ބަލާނަމަ އެ ސަރަޙައްދަކީ މުދަށް އެރުމަށް ރައްކާތެރި ސަރަޙައްދެއް،" ކަމަށެވެ.

ނަމަވެސް އެ ފެންގަނޑުގެ ސާފުތާހިރުކަން ޔަގީންކުރުމަށް ދެވަނަ ޓެސްޓެއް ހެދުމަށް އެޗްޕީއޭއާ ހަވާލުކޮށްފައިވާނެކަމަށް ޑެޕިއުޓީ މޭޔަރު ވަނީ ވިދާޅުވެފައެވެ. އަދި ޓެސްޓުގެ ނަތީޖާ ރަނގަޅު ނަމަ، މި ހަފްތާ ތެރޭގައި ރަސްފަނަށް މޫދަށް އެރެވޭނެއެވެ.

ރަސްފަންނުގައި މޫދަށް އެރޭ ލޮނު ފެންގަނޑު ބަންދުކޮށްފައިވަނީ އެ ސަރަޙައްދުގައި ނަޖިސް ފެތުރޭކަމަށް ސިޓީކައުންސިލަށް ލިބުނު ރިޕޯޓުތަކަކާ ގުޅިގެންނެވެ. އެ ސަރަހައްދުގެ ފެންގަނޑު ބޭނުންނުކުރުމަށް އެޗްޕީއޭއިންވެސް ވަނީ މީގެ ކުރިން އިލްތިމާސްކޮށްފައެވެ.
އެޗްޕީއޭ ރަސްފަންނު
ހިޔާލު

ހުވާތަ

ދެން އެތަން ހިއްކާ ހަނަފަސް ބިމަކަށް ހަދަންވީނުން މާލެ ސާފު ތާހިރު ކޮށްދެއްވީ ރައީސް ޔާމީން