June mahu ishitha drama dhehkun huttala kan Alia kashavaru kohdheefi
image
ކްރިޝްނާ---
0 ކޮމެންޓް
 

ޖޫން މަހު އިޝިތާ ޑްރާމާ ދެއްކުން ހުއްޓާލާ ކަން އާލިއާ ކަށަވަރުކޮށްދީފި

ސްޓާ ޕްލަސް އިން ދައްކަމުން އަންނަ މަޝްހޫރު ޝޯ 'ޔޭ ހޭ މޮހައްބަތެއިން' ޖޫން މަހު ދެއްކުން ހުއްޓާލާ ކަން އާލިއާގެ ރޯލުން ފެނިގެންދާ ކްރިޝްނާ މުކަރްޖީ ކަށަވަރުކޮށްދީފިއެވެ.
ދާދި ފަހުން އިންޑިއާގެ ނޫސްތަކުން ވަނީ ސްޓާ ޕްލަސް އިން އާ ޝޯތަކެއް ގެނައުމަށް ތައްޔާރުވެފައިވާ ކަމަށް ބުނެފައެވެ. އެގޮތުން ތިން ޝޯއެއް ދެއްކުން ހުއްޓާލަން ނިންމާފައިވާއިރު އޭގެ ތެރޭގައި "ޔޭ ހޭ މޮހައްބަތެއިން" ވެސް ހިމެނޭ ކަމަށް ނޫސްތަކުން ވަނީ ބުނެފައެވެ.

އިންޑިއާގެ ނޫހަކުން ޝޯ ހުއްޓާލުމާބެހޭގޮތުން ދެކެވެމުންދާ ވާހަކަތަކާ ގުޅޭގޮތުން ކްރިޝްނާ އަށް ކުރި ސުވާލަށް ޖަވާބު ދެމުން އޭނާ ބުނީ ޖޫން މަހު ޝޯ ދެއްކުން ހުއްޓާލަން ނިންމާފައިވާ ކަމަށެވެ. ނަމަވެސް ޝޯ ދެއްކުން ހުއްޓާލަން ނިންމާފައިވަނީ ކޮން ސަބަބަކާ ހުރެ ކަން ނޭންގޭ ކަމަށް ވެސް ކްރިޝްނާ ވަނީ ބުނެފައެވެ.

އެޝޯއަށް މިހާރު ފަސް އަހަރު ފުރިފައިވާއިރު އެޝޯ ހުއްޓާލަން އުޅޭކަމަށް މީގެ ކުރިން އެތައް ވާހަކަތައް ވަނީ ފެތުރިފައެވެ.

ޔޭ ހޭ މޮހައްބަތެއިން ޑްރާމާ ދައްކަން ފަށާފައިވަނީ 2013 ވަނަ އަހަރުގެ ޑިސެމްބަރު މަހުގެ ތެރޭގައެވެ. އެޝޯގައި ލީޑު ރޯލުން ފެނިގެންދަނީ ކަރަން ޕަޓޭލް (ރަމަން) އަދި ދިވިޔަންކާ (އިޝީތާ) އެވެ. އެޑްރާމާގައި މަސައްކަތް ކުރާ ހުރިހާ ފަރާތްތަކަށް ވެސް ވަނީ އެޑްރާމާގައި މަސައްކަތްކޮށް ބޮޑު މަގުބޫލުކަމެއް ލިބިފައެވެ.
ހިޔާލު