India in TikTok Block kohfi
image
އިންޑިއާ އިން ޓިކްޓޮކް މަނާކުރީ އެ އެޕް ބޭނުންކޮށްގެން އޮރިޔާން ކާޑު އުފައްދާ ކަމަށް ބުނެ.-- ފޮޓޯ: އޭއެފްޕީ
0 ކޮމެންޓް
 

އިންޑިއާ އިން ޓިކްޓޮކް ބްލޮކް ކޮށްފި

އެޕަލް ސްޓޯ އާއި ގޫގުލް އެޕް ސްޓޯ އިން މަޝްހޫރު ވީޑިއޯ ޝެއަރިން އެޕް "ޓިކްޓޮކް"، އިންޑިއާ އަށް ބްލޮކް ކޮށްފި އެވެ.
އެފް ސްޓޯތަކުން އިންޑިއާ އަށް ޓިކްޓޮކް ބްލޮކް ކޮށްފައިވަނީ މެޑްރާސްގެ ހައި ކޯޓުން ނެރުނު އަމުރަކަށް ތަބާވުމަށެވެ. އެގޮތުން މެޑްރާސްގެ ހައި ކޯޓުން ޓިކްޓޮކް ބްލޮކް ކުރަން އެޕް ސްޓޯތަކަށް އަމުރު ކުރީ، އެ އެޕް ބޭނުންކޮށްގެން އިންޑިއާގައި އޮރިޔާން ކާޑު އުފައްދާ މައްސަލަ އަށް ހައްލެއް ނުލިބުމުން ކަމަށެވެ.

މެޑްރާސްގެ ހައި ކޯޓުން ކުރި ހުކުމް، ޓިކްޓޮކް އުފައްދާފައިވާ ޗައިނާގެ ބައިޓްޑާންސް ކުންފުނިން އިންޑިއާގެ ސްޕްރީމް ކޯޓުގައި އިސްތިއުނާފް ކުރި ނަމަވެސް އެ މައްސަލަ ބަލައި ނުގަތުމަށް ނިންމައި، ކޯޓުން ވަނީ އެ މައްސަލަ ބޭރު ކޮށްލައިފަ އެވެ.

އިންޑިއާ އިން ޓިކްޓޮކް ބްލޮކް ކުރި އިރު، އެ ގައުމުގައި އެ އެޕް ބޭނުންކުރާ 120 މިލިޔަނަށް ވުރެ ގިނަ މީހުން އުޅެ އެވެ. ހާއްސަކޮށް އިންޑިއާގެ ފުރާވަރު ކުދިންގެ މެދުގައި އެ އެޕް ވަރަށް ބޮޑަށް މަގުބޫލުވަމުން އަންނަ ކަމަށް ވެއެވެ.

ރާއްޖޭގައި ވެސް މަގުބޫލުކަން ހޯދާފައިވާ ޓިކްޓޮކް އަކީ ކުރު ވީޑިއޯތައް ނެގުމަށް ފަހު އޮންލައިންކޮށް ޝެއާ ކުރެވޭ އެޕެކެވެ.
އިންޑިއާ
ހިޔާލު