TV actress Bhargavi aai Anusha car accident ehgai maruvejje
image
ބާރްގަވީ އާއި އަނޫޝާ---
0 ކޮމެންޓް
 

ޓީވީ އެކްޓަރެސް ބާރްގަވީ އާއި އަނޫޝާ ކާރު އެކްސިޑެންޓުގައި މަރުވެއްޖެ

ތުލުގޫގެ މަޝްހޫރު ދެ ޓީވީ އެކްޓަރެސުން ކަމަށްވާ ބާރްގަވީ އާއި އަނޫޝާ ރެއްޑީ ކާރު އެކްސިޑެންޓެއްގައި މަރުވެއްޖެ އެވެ.
އިންޑިއާގެ ނޫސްތަކުން ބުނާގޮތުގައި ބާރްގަވީ އާއި އަނޫޝާ މަރުވެފައިވަނީ އިއްޔެ އެދެމީހުންގެ ކުރިއަށް އޮތް ޓީވީ ސީރިއަލްގެ ޝޫޓިން ނިންމާލުމަށްފަހު އައި މަގުމަތީގައި ކާރު ކޮންޓުރޯލު ނުވެ، ގަހެއްގައި ޖެހިގެންނެވެ.

ކާރުގައި އެވަގުތު ބާރްގަވީ އާއި އަނޫޝާގެ އިތުރުން އިތުރު ދެ މީހަކު އިން އިރު ބާރްގަވީ އާއި އަނޫޝާ އެކްސިޑެންޓުބި ތަނުގައި މަރުވެފައިވާއިރު އަނެއް ދެމީހުނަށް ވަނީ ބޮޑެތި އަނިޔާތަކެއް ވެފައި ކަމަށް ވެސް ފުލުހުންނަށް ހަވާލާދީ އިންޑިއާގެ ނޫސްތަކުން ވަނީ ބުނެފައެވެ.

އުމުރުން 20 އަހަރުގެ ބާރްގަވީ ވަނީ މަޝްހޫރު ޓީވީ ޝޯއެއް ކަމަށްވާ "މުޓްޔަލާ މުންގު" އިން ނަންދިކާގެ ރޯލުން ފެނިފައެވެ. އަނޫޔާ އަކީ އަދި އަލަށް ޓީވީ އިންޑަސްޓްރީއަށް އާ ކުއްޖެކެވެ.
ހިޔާލު