Nihaan maqaamun isthiufaa nudhinas, maqaamun "OUT"!
image
ނިހާނު: މުޒާހަރާއެއްގެ ތެެރެއިން--ފޮޓޯ: ހަވީރު އޮންލައިން
މުހައްމަދު ފަތުހުﷲ
1 ކޮމެންޓް
 

ނިހާނު މަގާމުން އިސްތިއުފާ ނުދިނަސް، މަގާމުން "އައުޓް"!

މިހާރު ހިނގަމުންދާ 18 ވަނަ ރައްޔިތުންގެ މަޖިލީސް ފެށުނީއްސުރެން މަޖިލީހުގައި ސަރުކާރު އޭރު ހިންގަމުންއައި ޕީޕީއެމް ޕާލަމެންޓްރީ ގްރޫޕްގެ ލީޑަރު ކަމާއި މެޖޯރިޓީ ލީޑަރުކަން ކުރައްވަމުން ގެންދެވީ ވިލިމާލެ ދާއިރާގެ މެމްބަރު އަހުމަދު ނިހާނު ހުސައިން މަނިކު އެވެ.
ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުން މަޖިލީހުގެ ތެރެއިން ހިންގި ހުރިހާ ޖަރީމާތަކެއްގެ މޭސްތިރިންނަކީ މަޖިލީހުގެ އޭރުގެ ރައީސް ފުވައްމުލަކު ދެކުނު ދާއިރާގެ މެމްބަރު އަބްދުﷲ މަސީހު މުހައްމަދު އާއި ޕީޕީއެމް ކޯލިޝަންގެ ޕާލަމެންޓްރީ ގްރޫޕްގެ ލީޑަރު އަހުމަދު ނިހާނު ހުސައިން މަނިކު އެވެ.

މިހާރު ހިނގަމުންދާ 18 ވަނަ ރައްޔިތުންގެ މަޖިލިސް މި އޭޕްރީލް މަހުގެ ނިޔަލަށް ނިމޭއިރު، މި މަޖިލީހުން "ޖަހާނެ ސަކަރާތެއް ޖަހަން" ދެން އޮތީ އެންމެ ދެ ހަފްތާއެވެ. މަޖިލީހުގެ ކުރީގެ ރައީސް މަސީހަށާއި ޕީޕީއެމް ޕީޖީ ލީޑަރު ނިހާނުއަށް ލައްކަ "ސަކަރާތް" މަޖިލީހުގެ ތެރޭގައި ޖެހިއްޖެ އެވެ. މިހާރު ހިނގަމުންދާ ރައްޔިތުންގެ މަޖިލީހަކީ މިހާތަކަށް އުފެދުނު އެންމެ ހަޑިމުޑުދާރު މަޖިލީހެވެ. އެކަން ރައްޔިތުންގެ އިތުރުން މިހާރު ހިނގަމުންދާ މަޖިލީހުގެ ބައެއް މެމްބަރުން ވެސް ގެންދަވަނީ ވިދާޅުވަމުން ނެވެ.

އެކަމުގެ ޒިންމާ މަޖިލީހުގެ ކުރީގެ ރައީސް މަސީހާއި އަދި އޭރު ސަރުކާރު ހިނގި ސަރުކާރު ކޯލިޝަންގެ މައިޕާޓީ ޕީޕީއެމްގެ ޕާލަމެންޓްރީ ގްރޫޕްގެ ލީޑަރު އަދި އަދި މެޖޯރިޓީ ލީޑަރު ނިހާނު ނަންގަވަން ޖެހެއެވެ.

މިހާރު ހިނގަމުންދާ މަޖިލީހުން ފެނުނު އެންމެ ހަޑި މުޑުދާރު އަމަލުތައް ހިންގެވުމުގައި އެންމެ ކުރީގައި އުއްޅުއްވީ ވެސް މަސީހާއި ނިހާނު އެވެ. އެދެބޭފުޅުންގެ ފަހަތުން ޕީޕީއެމް ކޯލިޝަންގެ މަޖިލިސް މެމްބަރުންނެވެ.

މިހާރު ހިނގަމުންދާ 18 ވަނަ ރައްޔިތުންގެ މަޖިލީހުގެ ދައުރު ނިމޭއިރު، 19 ވަނަ ރައްޔިތުންގެ މަޖިލީހުގެ އިންތިހާބު އެވަނީ ބާއްވާފަ އެވެ. މަސީހު އިންތިހާބުގައި ވާދަކޮށްލަން ކެރިވަޑައި ނުގެންނެވިއިރު، ވާދަކުރެއްވި ނިހާނަށް ޖެހިވަޑައިތީ ނާކާމިޔާބާ ކުރިމަތިލާށެވެ. އެހެންކަމުން ދެން އުފެދޭ 19 ވަނަ ރައްޔިތުންގެ މަޖިލީހުން މަސީހާއި ނިހާނެއް ނުފެންނާނެ އެވެ. އެ ދެބޭފުޅުންގެ އިތުރުން މިހާރު ހިނގަމުންދާ މަޖިލީހުގައި ހަޑިމުޑުދާރު އަމަލުތަކެއް ހިންގި ގިނަ މެމްބަރުންތަކެއް ނުފެންނާނެ އެވެ. އޭގެ ތެރޭގައި ޕީޕީއެމްގެ ކުރީގެ ނައިބު ރައީސް އަދި ފޮނަދޫ ދާއިރާގެ މެމްބަރު އަބްދުއްރަހީމް އަބްދުﷲ އާއި ޕީޕީއެމްގެ ޑެޕިއުޓީ ލީޑަރު ރިޔާޒު ރަޝީދުއާއި ކުރިން އެމްޑީއޭ އަދި މިހާރު ޕީޕީއެމް މެމްބަރެއްގެ ގޮތުގައި ހުންނެވި ހޯރަފުށި ދާއިރާގެ މެމްބަރު މުހައްމަދު އިސްމާއީލާއި އެމްޑީއޭގެ ޕާލަމެންޓްރީ ގްރޫޕްގެ ނައިބު ލީޑަރު އަލީ މައުރޫފްމެންފަދަ ބޭފުޅުން މެއި މަހުގެ ފަހުކޮޅު ހުވާކުރާ 19 ވަނަ މަޖިލީހުން ނުފެންނާނެ އެވެ. އެބޭފުޅުންނަށް އެފުސަތު ދޭން ރައްޔިތުން ބޭނުންނުވި ސަބަބު މިހާރު ހުންނާނީ ހަމަ ރަނގަޅަށް ވިސްނިފަ އެވެ.

ނިހާނު އެވެ. 19 ވަނަ މަޖިލިސް އެކުލަވާލުމަށް ބޭއްވި އިންތިހާބުން މަނިކުފާނު ފެއިލްވުމުން ދެން ޕީޕީއެމްގައި މަނިކުފާނުގެ މާބޮޑު ދައުރެއް ނެތެވެ. އިސްތިއުފާ ދެއްވިިރު، މަނިކުފާނުގެ ޕީޕީއެމް ޕާލަމެންޓްރީ ގްރޫޕްގެ ލީޑަރުކަން ނިމެން މާގިނަ ދުވަހެއް ނެތެވެ. މިހާރު ބާކީ ދެ ފަހްތާއެއްހާ ދުވަހު މަނިކުފާނު ބޭނުންނަމަ ޕީޕީއެމް ޕީޖީ ލީޑަރުކަމުގެ މަގާމުގައި ހުންނެވިދާނެ އެވެ.

މިމަހުގެ ހަ ވަނަ ދުވަހު ބޭއްވި މަޖިލިސް އިންތިހާބުން ކާމިޔާބު ހޯއްދެވި 87 މެމްބަރުން، މެމްބަރުކަމުގެ ހުވާ މެއި މަހުގެ 28 ވަނަ ދުވަހު ކުރާއިރު، އެތާކު ނިހާނެއް ނުހުންނާނެ އެވެ. އެހެންކަމުން ޕީޕީއެމް ޕާލަމެންޓްރީ ގްރޫޕަކު 28 މެއި ވަނަ ދުވަހު ފެށިގެން ނިހާނެއް ނުހުންނާނެ ތާއެވެ. އެހެންވީމައި ޕީޕީއެމް ޕާލަމެންޓްރީ ގްރޫޕްގެ ލީޑަރު ކަމުން ނިހާނު އެވަނީ "އޮޓަމެޓިކުން އައުޓް ވެފަ" އެވެ.

ނިހާނު އެވެ. ޕީޕީއެމްގައި މަނިކުފާނުގެ މަގާމަކީ ޕީޕީއެމް ޕާލަމެންޓްރީ ގްރޫޕްގެ މެމްބަރެއްގެ ހައިސިއްޔަތުން ޕީޕީއެމް ޕާލަމެންޓްރީ ގްރޫޕްގެ ލީޑަރު ކަމެވެ. އެ ހައިސިއްޔަތު މިހާރު ނިމިއްޖެ އެވެ. މަޖިލީހުގެ އަންހެން މެމްބަރުންގެ މޫނަށް "ކޯ ދެވެލުން" ނިހާނާއެކު ނިމިއްޖެ އެވެ. ދެން މަޖިލީހުން އެފަދަ މަންޒަރެއް އެއްވެސް މެމްބަރެއްގެ ކިބައިން ނުފެންނާނެ ކަމަށް އުއްމީދު ކުރަމެވެ.
ހިޔާލު

ރަމީލާ

އަސްލު ސީއެންއެމް މިހާރު ނުކިޔަނީ މިކަހަލަ އަންޕްރޮފެޝަނަލް އެއްޗެހި ހުންނާތީ. މީގައި ހަގީގަތް ހުއްޓަސް ޕްރޮފެޝަނަލްކަމެއް ނެތް، ރާއްޖެޓީވީ އެކޭ އެމްޑީޕީގެ ފޮޅިއެކޭ ސީއެންމެން ތަފާތެއްނެއް. މީގަ މިހުރި އެއްޗެހި ހަމަ ހަވީރު ނޫހުގަވެސް އެބަހުރި، އެކަމް އެއީ ރީންދޫފޮޅި ސްޓައިލަކަށް ނޫން. ޕްރޮފެޝްނަލްކޮށް. މީ ވަރަށް ވާހަކަ