Broadcasting comission in thafaathukurey, mahsala isthiunaafu kuraanan: ECN
image
ބްރޮޑްކާސްޓިން ކޮމިޝަނުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގެ ތެރެއިން: ފައިލް ފޮޓޯ މިހާރު
ގުފްތަގު އަޖީރު
1 ކޮމެންޓް
 

ބްރޮޑްކާސްޓިން ކޮމިޝަނުން ތަފާތުކުރޭ، މައްސަލަ އިސްތިއުނާފު ކުރާނަން: އީސީއެން

ބްރޮޑްކާސްޓިން ކޮމިޝަނުން ބްރޮޑްކާސްޓަރުންގެ މެދުގައި ތަފާތު ކުރުން ގެންގުޅޭ ކަމަށާއި، ދިރާގުގެ ރީ ބްރޮޑްކާސްޓިން ލައިސަންސު ބާތިލުކުރަން ބްރޮޑްކާސްޓިން ކޮމިޝަނުން ދެކޮޅު ހެދުމުން އެ މައްސަލަ ސިވިލް ކޯޓަށް ލައިގެން އެ މައްސަލަ ސިވިސް ކޯޓުން ބޭރު ކޮށްލާފައިވީ ނަމަވެސް، އެ މައްސަ އަލުން އިސްތިއުނާފުކުރާނެކަމަށް އޭދަފުށީ ކޭބަލް ނެޓްވާކް ޕްރައިވެޓް ލިމިޓެޑް (އީސީއެން) އިން ބުނެފިއެވެ.
އޭދަފުށީ ކޭބަލް ނެޓްވާރކް ޕްރައިވެޓް ލިމިޓެޑުން ބްރޯޑްކާސްޓިންގ ކޮމިޝަނާއި ދެކޮޅަށް 2018 ޑިސެމްބަރ 10ގައި ސިވިލްކޯޓަށް ހުށަހަޅާފައިވާ މައްސަލަ އިއްޔެވަނީ ކޯޓުން ނުބަލާ ދޫކޮށްލާފައެވެ. އިއްޔެ ކޯޓުން މައްސަލަ ބޭރުކޮށްލާފައިވަނީ އިޖުރާތްތައް ފުރިހަމަ ނުކޮށް މައްސަލަ ހުށަހެޅިކަމަށް ބުނެއެވެ. ނަމަވެސް އީސީއެން އިން ބުނަނީ އިޖުރާއިތްތައް ފުރިހަމަކުރުމަށް މަސައްކަތް ކުރިކަމަށެވެ. އެގޮތުން ދިރާގު ޓީވީގެ ލައިސަންސާއި ގުޅޭގޮތުން އެންމެ ފުރަތަމަ މައްސަލަ ބަލައިދިނުމަށް އެދި ބްރޯޑްކާސްޓިންގ ކޮމިޝަނަށް ހުށަހެޅި ނަމަވެސް އެކޮމިޝަނުން އެމައްސަލަ ބެލުމަށް ދެކޮޅުހަދާފައިވާކަމަށެވެ.

"މިއީ ރީބްރޯޑްކާސްޓަރުންގެ މެދުގައި ކޮމިޝަނުން ތަފާތު ކުރުން ގެންގުޅޭ ކަން ޔަގީން ވި ކަމެކެވެ. ބްރޯޑްކާސްޓް ކޮމިޝަނުން ދިރާގަށް ދޫކޮށްފައިވާ ލައިސަންސަކީ ރީބްރޯޑްކާސްޓްކުރުމުގެ ގަވާއިދުގެ ދަށުން ބާތިލުވާނޭ ލައިސެންސެއް ކަމުގައި އަޅުގަނޑުމެން ގަބޫލުކުރަމުއެވެ. ގަވާއިދުގައިވާ ގޮތުގެ މަތިން ލައިސަންސް ލިބޭތާ ބާރަ މަސްދުވަހުގެ ތެރޭގައި ހިދުމަތް ދިނުމަށް ޝަރުތު ކުރެވިފައިވެއެވެ. ނަމަވެސް ދިރާގުން ހިދުމަތް ދޭން ފަށާފައިވަނީ ލައިސަންސް ދިންތާ އެއް އަހަރާއި އެގާރަ މަސްދުވަސް ފަހުންނެވެ. ގާނޫނާ ހިލާފު ކަންތައްތަކެއް ބްރޯޑްކާސްޓިން ކޮމިޝަނުން މަގުފަހިކޮށްގެން ކުރިއަށް ގެންދެއެވެ." އީސީއެން އިން ނެރުނު ނޫސް ބަޔާނުގައި ބުނެފައިވެއެވެ.

އީސީއެން އިން އަންނަނީ 2003 ވަނަ އަހަރުން ފެށިގެން އީސީއެން އިން އަންނަނީ އޭދަފުށީގައި ކޭބަލް ހިދުމަތް ދެމުންނެވެ.

މި މައްސަލައިގައި ބްރޮޑްކާސްޓިން ކޮމިޝަން ފޯނުނުނަގާތީ އެ ކޮމިޝަނުގެ ބަހެއް އަދި ނުލިބެއެވެ.
ހިޔާލު

ރައްޔިތު ބެއްޔާ !!!!

ވަކިކުރޭ ! މަނަމަ ލަދުން ދެން ތިޔަ ތަނަށް ވަންނަން ވެސް ނުކުރޭނެ !