Mifeshey Roadhamahuge rasmee gadiakee hendhunu 9 in mendhuru 1 ah!
image
އިސްލާމީ މަރުކަޒު
މުހައްމަދު ފަތުހުﷲ
1 ކޮމެންޓް
 

މި ފެށޭ ރޯދަ މަހުގެ ރަސްމީގަޑިއަކީ ހެނދުނު 9 އިން މެންދުރުފަހު 1 އަށް!

މިހިނގާ 1440 ވަނަ އަހަރުގެ ރަމަޟާންމަހާއި މިއަހަރުގެ ޝައްވާލުމަހުގެ ފުރަތަމަ ހަތް ދުވަހު ސަރުކާރުގެ އޮފީސްތަކުގެ ރަސްމީ މަސައްކަތު ގަޑިއަކީ، ހެނދުނު 09:00 ން މެންދުރުފަހު 01:00 އަށް ކަމުގައި ރައީސުލްޖުމްހޫރިއްޔާ މިއަދު ހަމަޖައްސަވައިފިއެވެ.
މިގޮތަށް މިއަހަރުގެ ރަމަޟާންމަހުގެ ރަސްމީގަޑި ހަމަޖެއްސެވުމާ ގުޅިގެން، ރަސްމީގަޑިއަށް ފައްތަވައިގެން މަސައްކަތްތައް ރޭއްވެވުމަށް ޚާއްޞަ ސަމާލުކަމެއް ދެއްވުމަށް ރައީސުލްޖުމްހޫރިއްޔާ ވަނީ އިލްތިމާސް ކުރައްވާފައެވެ.

މިކަން ހާމަކުރައްވާފައިވަނީ، ރަމަޟާންމަހުގެ ރަސްމީ މަސައްކަތު ގަޑި ހަމަޖައްސަވައި، ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން މިއަދު ނެރުއްވި ދެންނެވުމެއްގައެވެ.

މިދިޔަ ރޯދަ މަސްތަކުގައި ސަރުކާރުގެ ރަސްމީ ގަޑި އަކީ ހެނދުނު 10:00 ން މެންދުރު 2:00 އެވެ.

ނަމަވެސް، ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހުގެ ސަރުކާރުގެ ފުރަތަމަ ރޯދަ މަހުގެ ރަސްމީ ގަޑިއަށް ގެނައި ބަދަލާ އެކު، ރޯދަ މަހުގައި ސަރުކާރުގެ ރަސްމީ ގަޑި ފަށާ ވަގުތާއި ނިމޭ ވަގުތު ވެސް ވަނީ މިވަނީ އެއް ގަޑިއިރު އަވަސްކޮށްފަ އެވެ.


މި އަހަރުގެ ރޯދަ މަސް ފެށޭނީ ކަލަންޑަރުގައި ވާ ގޮތުން އަންނަ މެއި މަހުގެ ހަ ވަނަ ދުވަހު އެވެ.
ރޯދަމަސް ސަރުކާރު
ހިޔާލު

މީހާ

ރަމަލާން މަހު އިނާޔަތައް ބަދަލެއް ނާދޭތަ؟؟؟