Bidheysi aku athun feyrunu mahsalagai 2 meehaku hayyaru koffi
image
ބިދޭސީއަކު އަތުން ފޭރުނު މައްސަލާގައި ދެ މީހަކު ހައްޔަރުކޮށްފި
ޕޮލިސް
0 ކޮމެންޓް
 

ބިދޭސީއަކު އަތުން ފޭރުނު މައްސަލާގައި ދެ މީހަކު ހައްޔަރުކޮށްފި

މިއަދު ހަވީރު ބިދޭސީއެއްގެ އަތުން ގިނަ އަދަދެއްގެ ފައިސާ ފޭރުނު މައްސަލައެއްގައި ދެ މީހަކު ހައްޔަރު ކޮށްފިއެވެ.
ފުލުހުން ބުނީ މިއަދު ހަވީރު 05:55 ހާއިރު މާފަންނު އޭސް ހާޑްވެއާ ކައިރިން ހޮޓަލަކުން ސައި ބުއިމަށް ފަހު ފައިސާ ދައްކަން އުޅެނިކޮށް ދެމީހަކު ވެގެން ބިދޭސަކަށް ބިރުދައްކާ ފެރިގެންފައިވާ ކަމުގައެވެ.

މިމައްސަލާގައި ފުރަތަމަ ހައްޔަރުކުރީ 42 އަހަރުގެ ފިހިހެނެކެވެ. އޭނާގެ އަތުން މަސްތުވާތަކެތި ކަމަށް ޝައްކުކުރެވޭ އެއްޗެއް ހުރި ޕެކެޓެއްވެސް ފެނުނުކަމަށް ފުލުހުން ބުނެއެވެ. މިމައްސަލާގައި ދެ ވަނައަށް ހައްޔަރުކުރީ 54 އަހަރުގެ ފިރިހެނެއްކަމަށާއި ހައްޔަރުކުރި ދެ މީހުންނަކީވެސް ދިވެހިންކަމަށް ފުލުހުން ބުނެއެވެ.

ބިދޭސީ މީހާގެ އަތުން 2500 ޑޮލަރާއި 5000 ދިވެހި ރުފިޔާ ފޭރިގެންފައިވާކަމަށް ފުލުހުން ބުނެއެވެ. ނަމަވެސް ހައްޔަރުކުރި މީހުންގެ އަތުން އެފައިސާ ނެފުނުކަމެއް ނުވަތަ ނޫންކަމެއްވެސް ފުލުހުން އަދި ނުބުނެއެވެ.
ހިޔާލު