SeaLife ge veriyaku hayyaru kuran Reo Notice ah edhijje
image
ސީލައިފްއިން ދެއްކި ކުރެހުންތައް
އަހުމަދު
4 ކޮމެންޓް
 

ސީލައިފްގެ ވެރިއަކު ހައްޔަރުކުރަން ރެޑް ނޯޓިސްއަށް އެދިއްޖެ

ހުޅުމާލޭގައި ތިންހާސް ހައުސިންގ ޔުނިޓު އެޅުމަށް ކަމަށް ބުނެ އެކިމީހުން އަތުން އެޑްވާންކޮށް ފައިސާ އަތުލައި މަކަރާއި ހީލަތްހެދިކަމުގެ ތުހުމަތުގައި ސީލައިފް ގްލޯބަލް އިންކް ޕްރައިވެޓް ލިމިޓެޑުގެ ވެރިއެއްކަމަށްވާ އަޙްމަދު މޫސާ (އައްމަޓީ) ހޯދުމަށް އިންޓަޕޯލް ރެޑް ނޯޓިސްއަށް އެދިއްޖެ އެވެ.
ކޮމިޝަނަރ އޮފް ޕޮލިސް މުޙައްމަދު ޙަމީދު މިއަދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ސީލައިފްގެ މައްސަލާގައި ވ ތިނަދޫ، ރެޑްހައުސް އަހްމަދު މޫސާ މުހައްމަދު، އައްމަޑީ ހޯދުމަށް އިންޓަޕޯލުގެ ރެޑް ނޯޓިސްއަށް އެދިފައިވާ ކަމަށާއި އެ އަމުރު ވަރަށް އަވަހަށް ނެރޭނެ ކަމުގައެވެ.

ސީލައިފުން ހުޅުމާލޭގައި 3000 އެޕާޓްމެންޓު އެޅުމަށް ބޮޑު މަޝްރޫއެއް އިއުލާނުކޮށް އެޑްވާންސައް އެތައް ބަޔަކު އަތުން ފައިސާ ނެގި ނަމަވެސް ހައުސިންގ ޔުނިޓްތައް އެޅުމުގެ އެއްވެސް މަސައްކަތެއް ކޮށްފައެއް ނުވެއެވެ. އަދި ފައިސާ އަތުލި އެއްވެސް މީހަކަށް އެ ފައިސާ އަނބުރާ ދީފައެއް ނުވެއެވެ.

މިމައްސަލާގައި ގެއްލުން ލިބުނު އެތައް ބަޔަކުވަނީ މައްސަލަ ފުލުހަށާއި އޭސީސީއަށް އަދި ކޯޓަށްވެސް ހުށަހަޅާފައެވެ.
ފުލުހުން ސީޕީ
ހިޔާލު

އަހަންނާ ބޭ

ގދ ތިނަދުއަކީ ބޮޑަތި ވަގުން ގިނަރަށެއް...

އަހުމަދު

ބަލަ ހަމީދޫ މަނިކުފާނުގެ އަނބިކަނބަލުންގެ އާއިލާއަށް ނިސްބަތްވާ މީހުންނާއި އެކު ލަންކާގެ ކެފޭތަނުން ފެނޭ ތިމީހާ، ދެން ހައްޔަރު ކުރެވޭނެ؟

ފުރޭ

ރެޑް ނޯޓިސް ނެރުމުގެ ކުރިން އޭނައަށް އަންގާލީ ދޯ، އޭރުންތާ ފިލައިގެން އަތު ނުޖެހޭ ހިސާބަކަށް ދެވޭނީ

އަހުމަދު

ތީނަ އެބައުޅޭ ލަންކާގަ، އެމްޑީޕީގެ ވަރަށް ހާޑް އެކްޓިވިސްޓުންނާއެކު ކޮފީތަކުގަ އިނދޭ، ދެން ކިހިނެއް ހައްޔަރު ކުރާނީ