Aishwariya aailaa aaeku Raajjeygai
image
އައިޝްވާރިޔާ އާއި އަބީޝޭކް-
މާއިދާ މުހައްމަދު ރަޝާދު
0 ކޮމެންޓް
 

އައިޝްވާރިޔާ އާއިލާއާއެކު ރާއްޖޭގައި

ބޮލީވުޑުގެ މަޝްހޫރު ތަރި އައިޝްވާރިޔާ ރާއީ އާއި އޭނާގެ ފިރިމީހާ އަދި އެކްޓަރު އަބީޝޭކް ބައްޗަން ޗުއްޓީ ހޭދަކުރުމަށް ރާއްޖެ އަތުވެއްޖެއެވެ.
އެނގިފައިވާ ގޮތުގައި މިއަދު ހެނދުނުގެ ވަގުތެއްގައި އެމީހުން ރާއްޖެ އައިސްފައިވާއިރު އެމީހުން ޗުއްޓީ ހޭދަކުރަމުން އަންނަނީ ނިޔާމަ ޕްރައިވެޓް އައިލެންޑް ރިސޯޓުގައެވެ. އެމީހުންގެ މިދަތުރުގައި އެމީހުންގެ ދަރިފުޅު އަރާދިޔާ ވެސް ބައިވެރިވެއެވެ.

އައިސްވާރިޔާ ވަނީ 6.7 މިލިއަން މީހުން އޭނާ ފޮލޯކުރަމުން އަންނަ އިންސްޓަގްރާމު މެދުވެރިކޮށް ވެސް ރާއްޖޭގެ ގުދުރަތީ ރީތިކަން ދައްކުވައިދޭނެ ފޮޓޯއެއް ހިއްސާކޮށްފައެވެ.

އުމުރުން 45 އަހަރު އައިޝްވާރްޔާ އާއި އުމުރުން 43 އަހަރުގެ އަބީޝޭކު ކައިވެނި ކުރީ 2007 ވަނަ އަހަރުއެވެ. އެމީހުންގެ ކައިވެންޏަށް ދަރިއަކު ލިބުނީ 2011 ވަނަ އަހަރެވެ. ދަރިއަކު ލިބުން ފަހުން އައިޝްވާރިޔާ ބޮލީވުޑުން "ބްރޭކެއް" ވެސް ނެގިއިރު އޭނާ އެނބުރި ބޮލީވުޑަށް އައީ 2016 ވަނަ އަހަރު އުމަންގް ކުމާރް ޑައިރެކްޓުކޮށް ނެރެފައިވާ ފިލްމު 'ސަރަބުޖިތް' އިންނެވެ. އަދި ހަމަ އެ އަހަރު އޭނާ ވަނީ ކަރަން ޖޯހަރު ޑައިރެކްޓުކޮށްފައިވާ ފިލްމު 'އޭ ދިލް ހޭ މުޝްކިލް' އިން ވެސް ފެނިފައެވެ. އަދި އޭނާ އެންމެ ފަހުން ފެނިގެންދިއައީ ފަންނޭ ހާން އިންނެވެ.

އަބީޝޭކް އެންމެ ފަހުންފެނިގެންދިއައީ 'މަންމަރްޒިޔާން’ އިންނެވެ. އަދި ކުރިއަށް އޮތީ ގިނަ އަހަރުތަކަކަށް ފަހު އަބީޝޭކް އާއި އައިޝްވާރިޔާ އެކުގައި ފެނިގެންދާ ފިލްުމު "ގުލާބު ޖާމުން" އެވެ.
ހިޔާލު