Hamanujehumeh ge therein noosveriaku maraalaifi
image
ސީއެންއެމް
0 ކޮމެންޓް
 

ހަމަނުޖެހުމެއްގެ ތެރެއިން ނޫސްވެރިއަކު މަރާލައިފި

ނޮދަން އަޔަލެންޑްގެ ގޭންގަކުން ހިންގި ހަމަނުޖެހުމެއް ކަވަރު ކުރުމަށް މަސައްކަތް ކުރަމުން ދިޔަ ނޫސްވެރިއަކު މަރާލައިފިއެވެ.
މަރާލާފައިވަނީ އުމުރުން 29 އަހަރުގެ ލައިރާ މެކްކީ ނަމަކަށް ނިޔާ އަންހެން ނޫސްވެރިއެކެވެ. އޭނާއަކީ މީޑިއާ ގޭޒް ނަމަކަށް ކިޔާ ނޫހެއްގެ އެޑިޓަރެކެވެ.

އަޔަލެންޑްގެ ފުލުހުން ބުނީ "ދަ ނިއު އީރާ" ކިޔާ ގްރޫޕަކުން އާއްމުންގެ ތެރެއަށް ހަތިޔާރު ހިފައިގެން ވަދެ ހިންގި ހަމަނުޖެހުމެއް ހުއްޓުވުމަށް ފުލުހުން މަސައްކަތް ކުރަމުން ދަނިކޮށް ލައިރާ މަރާލާފައިވަނީ އެ ގުރޫޕްގެ މީހުން ބަޑިން ހަލަމާދީގެންނެވެ.

ރޭ ދަންވަރު ހިންގި މި ހަމަނުޖެހުން ކަވަރު ކުރުމަށް ލައިރާ މަސައްކަތް ކުރަމުން ދަނިކޮށް އޭނާ ގަޔަށް ބަޑިޖެހުމުން ފުލުހުންގެ ވެހިކަލްގައި އޭނާ ހޮސްޕިޓަލަށް ގެންދިޔަ އިރުވެސް މަރުވެފައިވާކަމަށް ބައެއް ރިޕޯޓްތައް ބުނެއެވެ.

އަޔަލެންޑްގެ ފުލުހުންވަނީ އެއީ އަނިޔާވެރި ޓެރަރިސްޓް ހަމަލާއެއްކަމަށް ބުނެފައެވެ. އަދި ނޫސްވެރިންނާއި އާއްމުންގެ ތެރެއަސް އެއްވެސް ހަމައެއް ގޮތެއް ނެތި ހަތިޔާރުން ހަމަލާދިނުން ބަލައި ނުގަނެވޭނެކަމަށްވެސް ފުލުހުން ބުނެއެވެ.

ރޭގެ ހަމަނުޖެހުމުގައި ނޫސްވެރިއަކު މަރާލާފައިވާއިރު އެތައް ބަޔަކު ޒަހަމްވެފައި ވެއެވެ. އަދި ބައެއް ވެހިކަލްތަކަށްވެސް ވަނީ އަންދާލާ ބޮޑެތި ގެއްލުންތަކެއް ދީފައެވެ.
ހިޔާލު