120 fulhi bangura thinadhoo police station in nahthaalaifi
image
120 ފުޅި ބަނގުރާ ތިނަދޫ ޕޮލިސް ސްޓޭޝަނުން ނައްތާލައިފި
ސީއެންއެމް
0 ކޮމެންޓް
 

120 ފުޅި ބަނގުރާ ތިނަދޫ ޕޮލިސް ސްޓޭޝަނުން ނައްތާލައިފި

ގދ ތިނަދޫ ޕޮލިސް ސްޓޭޝަންގެ ބެލުމުގެ ދަށުގައި ހުރި ގިނަ އަދަދެއްގެ ބަނގުރާ ނައްތާލައިފި އެވެ.
މިތަކެތި ނައްތާލައިފައިވަނީ އިއްޔެ ގދ. ތިނަދޫ ޕޮލިސް ސްޓޭޝަންގެ ގޯތީތެރޭގައެވެ.

އިއްޔެ ނައްތާލައިފައިވަނީ ވޭތުވެދިޔަ ފަސްމަސް ދުވަހުގެ ތެރޭގައި އެކި މައްސަލަތަކުގައި ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައިވާ ބަނގުރަލާއި އަދި ގދ. ކާޑެއްދޫ ޑޮމެސްޓިކް އެއަރ ޕޯޓަށް ފުރަންދިޔަ ފަތުރުވެރިންގެ އަތުން ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައިވާ އެކި ބްރޭންޑްތަކުގެ 120 ފުޅި ބަނގުރަލާއި އެއް ބިޔަރު ދަޅުކަމަށް ފުލުހުން ބުނެއެވެ.

ބަނގުރާ ނައްތާލުން ތިނަދޫގައި ކުރިއަށް ގެންގޮސްފައިވަނީ ފުލުހުންގެ ބެލުމުގެ ދަށަށް ގެނެވޭ ބަނގުރަލާއި ބަނގުރަލުގެ މައްސަލަތަކާއި ގުޅިގެން ހިފެހެއްޓޭ ތަކެތި ނައްތާލުމުގައި ޢަމަލުކުރާނެ ގޮތުގެ ޤަވާއިދުގެ ދަށުން އެކަމަށްޓަކައި އެކުލަވައިލި ކޮމިޓީގެ ބެލުމުގެ ދަށުންނެވެ.
ބަނގުރާ ފުލުހުން
ހިޔާލު