Rakkaatherikamuge fiyavalhuthah dhuraalai elhumah Disaster
image
ރޭ ފަތިހު ލ. ފޮނަދޫއަށް ނަގޫރޯޅިއެއް އަރާ، ބައެއް ގޭގެއަށް ލިބިފައިވާ ގެއްލުން-- ފޮޓޯ: ޓްވީޓާ
މުހައްމަދު ފަތުހުﷲ
0 ކޮމެންޓް
 

މޫސުން ގޯސް: ރައްކާތެރިކަމުގެ ފިޔަވަޅުތައް ދުރާލާ އެޅުމަށް ޑިޒާސްޓާއިން އިލްތިމާސްކޮށްފި

ރާއްޖޭގެ ބޮޑުބަޔަކަށް މޫސުން ގޯސްވާނެކަމަށް ދިވެހިރާއްޖޭގެ މޫސުމާބެހޭ ގައުމީ އިދާރާއިން ލަފާކޮށްފައިވާތީ، ރައްކާތެރިކަމުގެ ފިޔަވަލުތައް ދުރާލާ އެޅުމަށް ނޭޝަނަލް ޑިޒާސްޓަރ މެނޭޖްމަންޓް އޮތޯރިޓީ (އެންޑީއެމްއޭ) އިން އިލްތިމާސްކޮށްފި އެވެ.
ކުރިއަށް އޮތް ދެ ދުވަހު މުޅި ރާއްޖެއަށް ވިއްސާރަ ކުރާނެ ކަމަށް މޯލްޑިވްސް މީޓިއޮލޮޖިކަލް ސާރވިސް (މެޓް އޮފީސް) އިން ލަފާކޮށްފައިވާއިރު، ރަށްތަކުގައި ފެންބޮޑުވުމާއި އުދައެރުން ފަދަ ހާދިސާތަކުން ރައްކާތެރިވުމަށްޓަކާ ދުރާލާ ފިޔަވަޅު އެޅުމަށް ނޭޝެނަލް ޑިޒާސްޓަރ މެނޭޖްމަންޓް އޮތޯރިޓީން އިލްތިމާސްކޮށްފައި ވަނީ ލ. ފޮނަދޫއަށް ރޭފަތިހު އެރި ނަގޫރޯޅީގެ ސަބަބުން ލިބުނު ގެއްލުންތައް ދެނެގަތުމަށް ކުރަމުންދާ މަސައްކަތްތަކާ ގުޅޭގޮތުން ނޫސްވެރިންނަށް މައުލޫމާތު ދިނުމަށް ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގަ އެވެ.

ނޫސްވެރިންނަށް މައުލޫމާތު ދެއްވަމުން އެންޑީއެމްއޭގެ ޑެޕިއުޓީ ޗީފް އެގްޒެކެޓިވް އުމަރު ފިކުރީ ވިދާޅުވީ، ފޮނަދޫއަށް ލިބުނު ގެއްލުންތައް ވިލަރެސްކުރުމުގެ މަސައްކަތް އެ އޮތޯރިޓީގެ ފަރާތުން ވަރަށް ގާތުން ބަލަމުންދާކަމަށާއި، ގެއްލުން ލިބުނު ފަރާތްތަކަށް ބޭނުންވާ އެހީތެރިކަން ފޯރުކޮށްދިނުމަށްޓަކާ އެމާޖެންސީ ސެންޓަރެއް ގާއިމުކޮށް، އެހީތެރިކަން ފޯރުކޮށްދެމުން ދާކަމަށެވެ.

ފޮނުދޫއަށް ނަގޫރޯޅިއެއް އަރައި 12 ގެއަކަށް އެކިވަރުގެ ގެއްލުންތައް ވެފައިވާއިރު، ހަ ގެއެއްގައި ދިރިއުޅޭ މީހުން އެހެންތަނަކަށް ބަދަލުކުރަން ޖެހިފައި ވެއެވެ.

އެ އޮތޯރިޓީގެ ޑިރެކްޓަރ ޖެނެރަލް ސޮފީނާޒް ހަސަން ވިދާޅުވީ، މިދުވަސްވަރު ރާއްޖޭގެ ބޮޑު ސަރަޙައްދަށް ވިއްސާރަކުރަމުންދާތީ، މޫސުން ގޯސްވުމުގެ ސަބަބުން ލިބިދާނެ ގެއްލުންތަކަށް ދުރާލާ ތައްޔާރުވެތިބެ، ރައްކާތެރިކަމުގެ ފިޔަވަޅު އެޅުން މުހިއްމު ކަމަށެވެ.

ޝަފީނާޒް ވިދާޅުވީ، ފެންބޮޑުވުމުގެ ސަބަބުން ގޭތެރޭގައި ހިފައި ގެންގުޅޭ އެއްޗެހި ރައްކާތެރި ތަނެއްގައި ބެހެއްޓުން މުހިއްމު ކަމަށެވެ. އަދި އުދަ އަރައިގެން ރަށުގެ ތެރެއަށް ލޮނުގަނޑު އަރާފަދަ ހާދިސާ ތަކުން ރައްކާތެރިވުމަށް، ކުރިޔާލާ ވެލިބަސްތާ ޖަހައި ރައްކާތެރިވާން ޖެހޭ ކަމަށް އޭނާ ވިދާޅުވި އެވެ.
ޑިޒާސްޓާ މޫސުން
ހިޔާލު