Male' gai huri STELCO ge distribution foshithah saafu kuranee
image
މާލެގައި ހުރި ސްޓެލްކޯގެ ޑިސްޓިރިބިއުޝަން ފޮށިތަކެއް ސާފުކުރަނީ-- ޓްވީޓާ
މުހައްމަދު ފަތުހުﷲ
1 ކޮމެންޓް
 

މާލޭގައި ހުރި ސްޓެލްކޯގެ ޑިސްޓްރިބިއުޝަން ފޮށިތައް ސާފުކުރަނީ

މާލެ ކަރަންޓްގެ ހިދްމަތް ފޯރުކޮށްދެމުންދާ ސްޓެލްކޯގެ ކަރަންޓް ޑިސްޓިރިބިއުޝަން ފޮށިތަކުގައި ހިއްޕާފައިވާ ފޯސްޓަރުތަކާއި އެފޮށިތަކުގެ މަތީގައި ބަހައްޓަފައި ހުރި ކުށިތައް ނަގައި ސާފު ކުރުމުގެ ހަރަކާތްތެއް ސްޓެލްކޯއިން ފަށައިފި އެވެ.
ސްޓެލްކޯއިން އެހަރަކާތް ހިންގަނީ، ސްޓެލްކޯގެ ކަރަންޓް ޑިސްޓްރިބިއުޝަން ފޮށިތަކަކީ ރައްކާތެރި އަދި ސާފުތާހިރު ތަކެއްޗަށް ހެދުމަށް ކުރިއަށްގެންދާ ހަރާތެއްގެ ގޮތުގައި ކަމަށް އެކުންފުނިން ބުނެއެވެ.

މި ހަރަކާތް ފަށާފއިވަނީ މިއަދު ހެނދުނު 8 ޖެހިއިރުއެވެ. މިއީ މާލެ ސާފުކުރުމުގެ ހަރަކާތުގެ ދަށުން މާލޭ ސިޓީ ކައުންސިލްއާ ގުޅިގެން ކުރިއަށްގެންދާ ހަރަކާތެކެވެ.


ސްޓެލްކޯއިން ބަހައްޓާފައި ހުންނަ ޑިސްޓިރިބިއުޝަން ފޮށިތައް މަތީގައި ލުއި ބުއިންތައް ބުއިމަށްފަހު، ހުސްތަޅުތަކާއި ޕެކެޓްފަދަ ތަކެތި އެފޮށިތަކުގެ މަތީގައި ވަރަށް ގިނައިން ބަހައްޓާފައި ހުންނަތަން ފެނެ އެވެ. އަދި އެފޮށިތަކުގައި އެކިއެކި އިސްތިހާރުތަކާއި ޕޯސްޓަރުތައް ތަތްކޮށްފައިވެސް ހުރެއެވެ.

ހާއްސަކޮށް އެކިކަހަލަ ކެމްޕެއިން ހަރަކާތްތައް ހިންގާއިރު ސްޓެލްކޯއިން ބަހައްޓާފައި ހުންނަ ޑިސްޓިރިބިއުޝަން ފޮށިތަކުގައި ގިނަ އަދަދަކަށް ފޯސްޓަރުތައް ތަތް ކުރަމުންދާކަން ފާހަގަ ކުރެވެއެވެ.

ސްޓެލްކޯއިން ބުނީ އެފަދަ އަމަލުތައް ހުއްޓުވުމަށްޓަކައި މުސްތަގްބަލުގައި ފޮށިތަކުގައި އެފަދަ ތަކެއްތި ނުބެހެއްޓުމާއި ޕޯސްޓަރުފަދަ ތަކެތި ހިއްޕުމަކީ މާނާކަމެއްކަން އަންގާ ނޯޓިސް ހިތްޕާނެކަމަށެވެ.
ސްޓެލްކޯ
ހިޔާލު

ކޭބީ

މާލޭ މަގުތަކުގަ ހުރި ޕެލެޓްތައް ނެގުމުގެ މަސައްކަތްކުރިހެން ނޫސްރަކުގެ ހެޑްލައިނަށް ޙަބަރު އެރީމާ ހުއްޓާލާނީކީ ނޫން.