Dharuma Kamaakemi: eh dhuvahun hatharu lahka ah vure gina rufiyaa!
image
"ދަރުމަ ކަމާކެމި" ހަރަކާތުގެ ތެރެއިން، ރައީސް ސޯލިހު އަދި އިސްލާމިކް މިނިސްޓަރު.-- ފޮޓޯ: ރައީސް އޮފީސް
0 ކޮމެންޓް
 

ދަރުމަ ކަމާކެމި: އެއް ދުވަހުން ހަތަރު ލައްކަ އަށް ވުރެ ގިނަ ރުފިޔާ!

އިސްލާމިކް މިނިސްޓްރީން މިއަދު ހެނދުނު ހުޅުވި "ދަރުމަ ކަމާކެމި" ފަންޑަށް މިހާތަނަށް ހަތަރު ލައްކަ އަށް ވުރެ ގިނަ ރުފިޔާ ލިބިފައިވާ ކަމަށް ބުނެފި އެވެ.
ހެނދުނު ބޭއްވި ޚާއްސަ ރަސްމިއްޔާތެއްގައި ނައިބު ރައީސް ފައިސަލް ނަސީމް ހުޅުއްވައިދެއްވި "ދަރުމަ ކަމާކެމި" ކުރިއަށް ގެންދަން ކުރިން ހަމަޖެހިފައި އޮތީ މިއަދު 9:00 އިން 5:30 އަށެވެ. ނަމަވެސް މިއަދު މާލެ އަށް ބޯކޮށް ވާރޭ ވެހުމުން، ގިނަ ބަޔަކަށް ފުރުސަތު ދިނުމުގެ ގޮތުން މާދަމާ ވެސް އެ ހަރަކާތް ކުރިއަށް ގެންދަން ހަމަޖައްސާފައިވާ ކަމަށް އިސްލާމިކް މިނިސްޓްރީން ބުނެ އެވެ.

ވިއްސާރަ ދުވަހެއް ނަމަވެސް މިއަދަށް އެ ހަރަކާތް ނިންމާލި އިރު ހަތަރު ލައްކަ އަށް ވުރެ ގިނަ ރުފިޔާ ލިބިފައިވާއިރު، މާދަމާ އެ ހަރަކާތް ފަށާނީ މެންދުރު ފަހު 1:00 ގައި ކަމަށް އިސްލާމިކް މިނިސްޓްރީން ބުނެ އެވެ.

ދަރުމަ ކަމާކެމީގެ ތެރެއިން ޒަކާތް ފައިސާގެ ތަފްސީލުތައް ހާމަކޮށް، މުދަލު ޒަކާތް ބަލައިގަތުމުގެ އިތުރުން ޒަކާތަށް މީހުން ހޭލުންތެރިކުރުވުމަށް ވެސް ވަނީ ހަމަޖެހިފަ އެވެ.
ހިޔާލު