Ishita ge kureege lwbiveriya Sharad kairveni koffi
image
ދިވިޔަންކާ އާއި ރިޕްސީ އަދި ޝަރަދް---
0 ކޮމެންޓް
 

އިޝިތާގެ ކުރީގެ ލޯބިވެރިޔާ ޝަރަދް ކައިވެނިކޮށްފި

އިޝިތާ ނުވަތަ އަސްލު ނަމުން ނަމަ، ދިވިޔަންކާ ތުރިޕާޓީގެ ކުރީގެ ލޯބިވެރިޔާ އަދި ޓީވީ އެކްޓަރު ޝަރަދް މަލްހޯތުރާ އޭނާގެ ލޯބިވެރިޔާ އަދި ޑިޒައިނާ ރިޕްސީ ބާޓީ ކައިވެނިކޮށްފިއެވެ.
ޝަރަދް އާއި ރިޕްސީ ކައިވެނިކޮށްފައިވަނީ އިއްޔެ މުމްބާއީގައެވެ. ކައިވެނީގެ ފޮޓޯތައް މިހާރު އާންމު ވެފައިވާއިރު ގިނަ ބަޔަކު އަންނަނީ އެދެމީހުންނަށް ތަހުނިޔާ ކިޔަމުންނެވެ. އިންޑީއާގެ ބައެއް ނޫސްތަކުން ބުނިގޮތުގައި އެދެމީހުންގެ ކައިވެނީގައި ބައިވެރިވެފައިވަނީ ދެފަރާތުގެ ވެސް އާއިލާ މެންބަރުންނާއި ގާތް ރަހުމަތްތެރިންނެވެ.
View this post on Instagram

#ssharadmalhotra with bride #ripcibhatia

A post shared by Viral Bhayani (@viralbhayani) on


ސަރަދު ވަނީ ދިވިޔަންކާ ގެ އިތުރުން ޕޫޖާ ބިޝްޓް އާ ވެސް ލޯބީގެ ގޮތުން ގުޅިފައެވެ. ޝަރަދު މިހާރު މަސައްކަތް ކުރަމުން އަންނަނީ "މުސްކާން" ގައެވެ. އޭނާ ވަނީ ޓީވީ ޝޯތައް ކަމަށްވާ "ކަސަމް ތޭރީ ޕިޔާރް ކީ" އާއި "މަހަރާނާ ޕްރަތާބް" އަދި "ބަނޫ މޭ ތެރި ދުލްހަން" ގައި ވެސް މަސައްކަތް ކޮށްފައެވެ.
ހިޔާލު